2022 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ އިސްލާމްގެ ޖަވާބު ކަރުދާސް މާކުކުރުމުގެ މަސައްކަތުގައި ޗީފް އެގްޒޭމިނަރ ގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:
|
- އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން މާކިންގ ސްކީމް ފައިނަލް ކުރުން:
22 އޮކްޓޫބަރ 2022 އިން 29 އޮކްޓޫބަރ 2022 އަށް (14:00 އިން 18:00 އަށް)
- މާކިންގ ވާރކްޝޮޕް:
06 ނޮވެމްބަރ 2022 އިން 09 ނޮވެންބަރ 2022 އަށް (14:00 އިން 18:00 އަށް)
- މާކިންގ:
13 ނޮވެންބަރ 2022 އިން 10 ޑިސެމްބަރ 2022 އަށް (14:00 އިން 18:00 އަށް)
|
އުޖޫރަ:
|
- މާކިންގ ސްކީމް ފައިނަލް ކުރުމާއި މާރކިންގ ވާރކްޝޮޕް ހިންގައި ދިނުން: 12،000.00 (ބާރަހާސް) ރުފިޔާ
- ޗީފް އެގްޒޭމިނަރުގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/6,000ރ (ހަހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
- މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސް ގޮތުގައި: 1,000.00 (އެއްހާސް) ރުފިޔާ
|
ޝަރުޠު:
|
ޗީފް އެގްޒަމިނަރ ކަމަށް އެދޭ މީހުންގެ ޝަރުޠު:
- މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ބެޗްލަރސް ޑިގްރީ އެއް ޙާޞިލްކޮށްފައިވުން.
- ދެ އަހަރު ދުވަހުގެ މާކިންގ ތަޖުރިބާ ލިބިފައިވުން ނުވަތަ ސާނަވީ / މަތީ ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުތިބާ ލިބިފައިވުމާއެކު 3 އަހަރު ދުވަހުގެ މާރކިންގ ތަޖުރިބާ ލިބިފައިވުން.
|
މަސްޢޫލިއްޔަތު:
|
1- 2022 ވަނަ އަހަރު އޮކްޓޯބަރ މަހުއޮތް މަތީ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އެކުލަވާލާ ޓީމުގައި އިސްފަރާތެއްގެ ގޮތުގައި ބައިވެރިވެ، މާކިންގ ގެ އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން އެ އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުމާއި މާކަރުންގެ ވާކްޝޮޕް ބޭއްވުމާއި މާކިން މަސައްކަތް ބެލެހެއްޓުމާއި ދޭންޖެހޭ ލަފާދިނުމާއެކު ނިންމަންޖެހޭ ނިންމުންތައް ނިންމުން.
2- ސްޓޭންޑަޑައިޒޭޝަން ބައްދަލުވުންތައް ބާއްވައި، މާކިންގ ސްކީމުތަކާއި އެއާ ގުޅުންހުރި އިދާރީ މަސައްކަތްތައް އެގްޒޭމިނަރުންނާއި މޮޑަރޭޓަރުންނަށާއި މާކަރުންނަށް ކިޔައިދީ، އޭގައިވާ ގޮތަށް ކޮންސިސްޓަންޓްކޮށް އަދި އެކިއުރޭޓްކޮށް ސުވާލުތައް މާރކު ކުރުރޭތޯ ބެލުން.
3- މާރކިންގ މަސައްކަތް ސުޕަވައިޒުކޮށް، ސްޓޭންޑަޑްތަކާ އެއްގޮތަށް މަސައްކަތް ދޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.
4- މާއްދާގެ ނަތީޖާތައް އެނަލައިޒުކޮށް، ތަފާސްހިސާބުތައް އެކުލަވާލާ މާއްދާ ރިޕޯޓް ތައްޔާރުކުރުން.
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:
|
- ތަޢުލީމީ ފެންވަރު: 30 %
- ކިޔަވައި ދިނުމުގެ ތަޖުރިބާ: 20%
- މަސައްކަތު ތަޖުރިބާ50%
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- ޗީފް އެގްޒެމިނަރ ކަނޑައަޅާނީ މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތެކެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު
- ދާއިރާއިން ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް
- ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ 1 މަސް ހަމަނުވާ ލިއުންތައް
- ވަނަވަރު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
|
ސުންގަޑި:
|
2022 އޮކްޓޫބަރު 19 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
|
އެދެންވީ ގޮތް:
|
- ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
- އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
|