މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ބީލަން ކާމިޔާބު ކުރި ފަރާތް އާންމުކުރުން

އިޢުލާން

ފަތުރުވެރިކަން ތަރައްޤީކުރުމަށް މާލެއަތޮޅު (ކ) ކާށިދޫގެ ފަޅުތެރެއިން ފާހަގަކޮށްފައިވާ ސަރަހައްދުގެ ބެތިމެޓްރީ ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)88-PS/88/2022/73) (8 ސެޕްޓެންބަރު 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތަކަކީ މިނިސްޓްރީން އަންދާޒާކޮށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގުތަކަކަށްވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކުރެވުނު ނަންބަރު IUL)88-ADHR/88/2022/78) (28 ސެޕްޓެންބަރު 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ބީލަންތައް އިވެލުއޭޓްކުރެވި ބީލަން ކާމިޔާބު ކުރެއްވި ފަރާތުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

މަސައްކަތް:

ފަތުރުވެރިކަން ތަރައްޤީކުރުމަށް މާލެއަތޮޅު (ކ) ކާށިދޫގެ ފަޅުތެރެއިން ފާހަގަކޮށްފައިވާ ސަރަހައްދުގެ ބެތިމެޓްރީ ސަރވޭ ކުރުން

އިޢުލާން ނަންބަރު:

IUL)88-ADHR/88/2022/78)

ބީލަން ހުށަހެޅި/ހުޅުވި ކުރި ތާރީޚް:

06 އޮކްޓޫބަރު 2022 (ބުރާސްފަތި)

މަސައްކަތް ކާމިޔާބު ކުރި ފަރާތް:

ފޯރސައިޓް ސަރވެޔަރސް ޕްރައިވެޓް ލިމިޓެޑް

މަސައްކަތުގެ އަގު:

84,800.00

މަސައްކަތުގެ މުއްދަތު:

10 ދުވަސް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

13 އޮކްޓޫބަރު 2022
ހޯދާ