ދިވެހިރާއްޖެ
އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ދާއިރާތައް |
ކޯހުގެ ދާއިރާ: |
||
މެލޭޝިޔާ |
ޤައުމު: |
6 ބެޗްލަރސް ޑިގްރީ 13 މާސްޓަރސް ޑިގްރީ 2 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން (ކޯހާއި ގުޅޭ ދާއިރާއިން) "އޭ" ގްރޭޑް ހާސިލުކޮށްފައިވުން. 3. ނަންބަރު 1 ގައިވާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 5.0 އިން ފެށިގެން މަތި ނ. TOEFL 40 އިން ފެށިގެން މަތި. ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4. ކޯހާއި ގުޅޭ ޔުނިވަރސިޓީގެ ވެބްސައިޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. މާސްޓަރސް ޑިގްރީ 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. އަދި ސީ.ޖީ.ޕީ.އޭ އިން ސެކަންޑް ކްލާސް އޮނަރސް (ސީ.ޖީ.ޕީ.އޭ އިން 3.50/4.0) ހާސިލްކޮށްފައިވުން. 2. TOEFL އިން 570 އިން މަތި ލިބިފައިވުންނުވަތަ IELTS އިން އޯވަރއޯލް ސްކޯރ މަދުވެގެން 6.0 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ޝަރުތު ހަމަވުން. 3. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. ޕީ.އެޗް.ޑީ 1. ހުށަހަޅާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން 2. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1.ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު 2.މިމިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 3.އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.
|
ކޯހުގެ ޝަރުތު: |
||
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި. 1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4.ޕާސްޕޯޓްގެ ކޮޕީ (މުއްދަތު ހަމަނުވެ މަދުވެގެން 18 މަސްދުވަސް އޮތުން). 5.ކޯހާއި ގުޅޭގޮތުން ހުށަހަޅާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުންތައް. 6.ތަޢުލީމް ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެ އެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. 7.މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ އަމިއްލަ ލިޔުމެއް. 8.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 9.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން. 10. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ ލިންކްގައިވާ ލިޔެކިޔުންތައް ފުރިހަމަވެފައިވުން.
|
ހުށަހަޅަންޖެހޭ ތަކެތި: |
||
- މި ސްކޮލަރޝިޕްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނެ ކޯސްތަކާއި ޓިއުޝަން ފީ ގެ ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމަތު ޝީޓުގައި ވާނެއެވެ. - މި ސްކޮލަރޝިޕް އާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. https://apps.ucsiuniversity.edu.my/scholarship-Maldives/index.aspx - މި ސްކޮލަރޝިޕްގެ ދަށުން މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ 1 ދަރިވަރެއްގެ ޓިއުޝަން ފީ 100% ވަނީ ހިލޭހަމަޖެހިފައެވެ. - އަދި މި ސްކޮލަރޝިޕް ފުރުސަތުތަކައް ހޮވޭ 20 ދަރިވަރުންގެ ޓިއުޝަން ފީ 25% ހިލޭވާނެއެވެ. - ރެޖިސްޓްރޭޝަންފީ، ޓްރާންސްޕޯޓް ފަދަ އިތުރު ޚަރަދުތައް ހަމަޖައްސަންވާނީ ދަރިވަރު އަމިއްލަ އަށެވެ. * މިއީ ލޯނު ފުރުޞަތުގައި ކިޔަވާ ދަރިވަރުންނަށްވެސް ޑިސްކައުންޓް ރޭޓުގައި ޔުނިވަރސިޓީ ތަކުން ކިޔެވުން ފަހިކޮށްދިނުމަށް، ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރެވި ހޯދާފައިވާ ފުރުޞަތުތަކެވެ. ވީމާ ސްކޮލަރޝިޕް އަށް އެދޭ ފަރާތްތަކުގެ އިތުރުން ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ކިޔަވަން ނުފަށާނަމަ މި ސްކޮލަރޝިޕްފުރުޞަތައް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. *މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބިވަޑައިގަންނަވާނެއެވެ.
|
އިތުރު މަޢުލޫމާތު |
||
ސުންގަޑި: 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހު 12:30 ގެ ކުރިން |
|||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިނޭއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |