އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-312739

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކޮންމެދުވަހަކު އޯޕީޑީގައި ބައްލަވާ ބަލިމީހުންގެ އަދަދު އަންހެން ފިރިހެން ވަކިން އެނގޭނެގޮތަށް ރިޕޯޓް ތައްޔާރުކުރުމާއެކު  ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންގެ ތެރެއިން ރިޕޯޓް ކުރެވޭ ނުރައްކާތެރި ބަލިބައްޔާ ނޯޓިފައިބަލް ޑިޒީސްއާއި ބެހޭ މަޢުލޫމާތު (ޑެއިލީ ސަރވެލަންސް/ އެކަމާއި ގުޅުން ހުރި ރިޕޯޓްތައް ) ތައްޔާރުކުރުމަށްފަހު ކޮންމެ ދުވަހަކު ސަރުކާރުގެ ގުޅުންހުރި އެޖެންސީތަކަށް ފޮނުވުން.
  2. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންގެ ޑެއިލީ ސްޓެޓިސްޓިކް ( ޖިންސް ވަކިން )  މެޑިކަލް ރެކޯޑްސް ގައި ގެންގުޅޭ އެކްސެލް އޯ ޕީ ޑީ ޝީޓަށާއި DHIS2 އެންޓަރކުރުން .
  3. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންގެ ތެރެއިން ER,DR,MEDICAL CHECKUP ,ANC,PNC,FP,WWC ދައްކާމީހުންގެ ސްޓެޓިސްޓިކް ތައްޔާރުކުރުން.
  4. އެމް އާރ ޑީ އަށް ލިބޭ ހުރިހާ ޑޮކިއުމަންޓްތަކެއްގެ އެންޓްރީ ބަލަހައްޓާ/ އޭގެން އެއްވެސް ޑޮކިއުމަންޓެއް ހޯދަން ޖެހިއްޖެ ހަލަތެއްގއި ފަސޭހައިން ފެންނާނެހެން ބަލަހަށްޓާ އާރކައިވްކޮށް ބެލެހެއްޓުން.
  5. ވަކި ވަކި ޑިޕާޓްމަންޓް ތަކުން ޙިދުމަތް ދެވުނު މީހުންގެ އަދަދު އެގޭނެހެން ރިޕޯޓް ތައްޔާރުކުރުން. އެގޮތުން ސްކޭން އެކްސްރޭ،ލެބް ފިޒިއޮތެރަޕީ ފަދަތަންތަނުގެ ސްޓެޓިސްޓިކްތަކުގެ ރެކޯޑް ތައްޔާރުކުރުން/އަދި ނާރސިންގ ސްޓޭޝަން ތަކުން ތައްޔާރުކޮށްފައިވާ ކޮންމެ ދުވަހެއްގެ ޑެއިލީ ސެންސަސް ނެގުމަށްފަހު އެސްޓޭޝަން ތަކުން ކޮންމެދުވަހަކު ދެވޭޙިދުމަތްތަކުގެ މައުލޫމާތު އެގޭނެހެން ރިޕޯޓް ތައްޔާރުކުރުން
  6. ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަންނަ ބަލި މީހުންނަށް އެކި އެކި ޑިޕާޓްމަންޓްތަކުން ދެވޭ ޙިދުމަތްތަކުގެ ޑެއިލީ އެކްޓިވިޓީ ޝީޓް ( ޖިންސް ވަކިން )ނެގުމަށްފަހު މަންތްލީ ޝީޓަށް އެންޓަރކުރުން.
  7. އެންޖަރީ ސަރވެލަންސް ރިޕޯޓް ތައްޔާރުކޮށް  މިނިސްޓްރީއަށް ފޮނުވުން ( 3 މަހުން) އަދި އެންޖަރީ ފޯމްތައް ފައިލްކޮށް ބެލެހެއްޓުން
  8. މެޑިކަލްރެކޯޑްސް އަށް ލިބޭ ޕްރިސްކްރިޕްޝަންތައް ސްކޭންކޮށް،އީ އާރ ޕްރިސްކްރިޕްޝަން، އޮބްޒަވޭޝަން ޝީޓްސް އަދި ޑައިލިސަސް ޝީޓްތަކުގެ އެންޓްރީ ބަލަހައްޓާ އާކައިވްކޮށް ބެލެހެއްޓުން.
  9. މެޑިކަލް ރިކޯޑްސްއާއި ގުޅުން ހުރި ކަންކަމުގައި ހޮސްޕިޓަލުގެ އެކިއެކި ސެކްޝަންތަކުންނާއި، މުވައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އެދޭ ލިޔެކިޔުންތަށް ހޯދައި އެފަރާތްތަކަށް ހަވާލުކުރުން.
  10. ހޮސްޕިޓަލުގައި ވިހާ އަދި މަރުވާ  މީހުންގެ މައުލޫމާތުތައް ރެކޯޑް ކުރެވި މިނިސްޓްރީން ދީފައިވާ ފޯމެޓާއި އެއްގޮތަށް ރިޕޯޓް ތައްޔާރު ކުރުމަށްފަހު،ސްކޭން ކޮޕީ ސަރުކާރުގެ ގުޅުންހުރި އެޖެންސީތަކަށް ފޮނުވުން.
  11. ދީފައިވާ ފޯމެޓާއި އެއްގޮތަށް ރިޕޯޓްތައްޔާރު ކުރުމަށްފަހު ކޮންމެ މަހެއްގެ 10 ގެ ކުރިން ފޮނުވަންޖެހޭތަންތަނަށް ފޮނުވުން. / ޕޯޓަލް މެދުވެރިކޮށް އަޅަން ޖެހޭއެއްޗެހި ކަޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެޅުން.( NEW BORN BIRTH DEFECT, DHIS2)
  12. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނާއި އެޑްމިޓްކޮށްގެން ފަރުވާދެވޭ ބަލިމީހުންގެ މަޢުލޫމާތުތައް އައި.ސީ.ޑީ (އިންޓަރނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް) އާއި އެއްގޮތަށް ކޯޑްކޮށް ކޮންމެ މަހެއް ނިމުމުން މިނިސްޓްރީއަށް ފޮނުވުން. ,އަދި MRD އަށް އަންނަ ހުރިހާ IP ފޯލްޑަރތައް ސްކޭން ކޮށް އާކައިވް ކުރުން.
  13. މެޑިކޯ ލީގަލް ރިޕޯޓް ފޯމް ލިބުމުން ފޯމްގައި ހުންނަންވާ ހުރިހާ މައުލޫމާތެއް ހުރިތޯ ބަލާ މައުލޫމާތުތައް ހަމައަށް ހުރިނަމަ އެންޓްރީކުރުމަށްފަހު ފައިލް ކުރުން އަދި މައުލޫމާތު ހަމަ ނޫންނަމަ މައުލޫމާތު ތައް ފުރިހަމަ ކުރުމަށްޓަކައި  ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައިގެން މައުލޫމާތުތައް ހަމަކޮށް އަލުންއަބުރާ އެލިޔުންތައް ހޯދުން.
  14. ހޮސްޕިޓަލް އިދާރީ އެހެނިހެން (ޕްރޮކިއުމަންޓް، އެޗް.އާރ، ބަޖެޓް) ޑިޕާޓްމަންޓް ތަކަށް އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން.

15. ދިމާވާ ޞިއްޙީ އެމެޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: 

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30 

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

 ކޯ ނުވަތަ ޕްރިޕަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

 އެސެސްމަންޓް (އިމްތިޙާނު)

20 

 އިންޓަރވިއު

35 

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  23 އޮކްޓޯބަރ 2022  ވާ އާދިއްތަ ދުވަހުގެ  12:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 27 އޮކްޓޯބަރ 2022 އާއި 31 އޮކްޓޯބަރ 2022  އާއި ދެމެދު ގައި، ރ. އުނގޫފާރު  ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6583708, 6583718, 6583719) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

13 އޮކްޓޫބަރު 2022
ހޯދާ