މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އަލަށް ދޫކުރި ގޯތި ތަކުގެ ތެރެއިން ގޯތި އޮތްތަން ބަދަލުކުރި 06 ގޯތީގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި މިއިދާރާއިން ނޫކުލައިގެ ދަވާދުން  ނަންބަރު ޖަހާފައިވާ ރުއްގަހުގައި އެރުއްގަހުގެ ވެރިފަރާތްތަކުން ނަންއެޅުމަށްފަހު ލިސްޓް 2022 އޮކްޓޫބަރު 23 ވާއާދިއްތަ ދުވަހު 14.00ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.  މި 06 ގޯތި އޮންނާނީ ބަޑަހަމަގު ދެކުނުކޮޅު އިރުމަތި ފަޅީގައެވެ.

           ރުއްރުކުގައި ނަންއަޅާއިރު އެހެން ފަރާތެއްގެ ނަމެއް އަޅާފައިވާނަމަ އެނަމެއް ކަޑާ ފޮހެ ނުހެދުމަށްވެސް ދެންނެވީމެވެ.

12 އޮކްޓޫބަރު 2022
ހޯދާ