ދިވެހިރާއްޖެ
އިއުލާން ނަމްބަރު: IUL)101-PPC/1/2022/234)
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މާލެ، ދިވެހިރާއްޖެ
މޯލްޑިވްސް: އެންހޭންސިގް އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތު ޕްރޮޖެކްޓް
ރިފަރަންސް ނަންބަރ: (ޕްރޮކިޔުމަންޓް ޕްލޭން): MV-MOED-319610-CS-QCBS
ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގަމުންގެންދާ "މޯލްޑިވްސް: އެންހޭންސިގް އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތު" ޕްރޮޖެކްޓުގެ ފަރާތުން އައްޑޫ ސިޓީގައި ހެދުމަށް ހަމަޖެހިފައިވާ ގާމެންޓް މޭކަރސްޕޭސް އާއި ޓްރެއިނިންގް އިންސްޓިޓިއުޓްގެ މަސައްކަތްކޮށްދޭނޭ ކޮންސަލްޓިންގ ފާރމްއެއް ހޯދަން ބޭނުމެވެ.
ޓަރމްސް އޮފް ރެފަރަންސް:
މި ކޮންސަލްޓަންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ.
ކޮންސަލްޓަންސީ ފާރމް ޝޯޓްލިސްޓް ކުރުމުގައި ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ މިންގަންޑުގެ މައްޗަށެވެ.
- ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ގާމެންޓް މެނުފެކްޗަރިންގ ގެ މަސައްކަތް ތަރައްޤީކޮށް، ތަންފީޒުކުރުމާއި، ބެލެހެއްޓުމާއި، ދިރާސާކުރުމާއި، ތަޙުލީލުކުރުމާއި، އިވެލުއޭޓްކުރުމުގައި މަދުވެގެން 10 އަހަރު ދުވަހުގެ ޕްރޮފެޝަނަލް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މަޞްލަޙަތު ފުށުއެރުމާގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސިޔާސަތު، ނޮވެންބަރ 2020 ގައި އިޞްލާޙު ގެނެވިފައިވާ ޕްރޮކިޔުމަންޓް ޤަވާޢިދުގެ ތިންވަނަ ސެކްޝަންގެ 3.14، 3.16 އަދި 3.17 ވަނަ ޕެރެގްރާފްތަކަށް ސަމާލުކަން ދޭންވާނެއެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، އިތުރު ފަރާތަކާއިއެކު ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެއެވެ.
ނޯޓް:
މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓް ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސެލެކްޝަން (ކިޔު.ސީ.ބީ.އެސް) އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، ނޮވެމްބަރ 2020" ގައި ވާ ގޮތުގެ މަތިންނެވެ.
މައުލޫމާތު ދިނުން:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 0800 - 1600 ގަޑިއާއި ދެމެދު ތިރީގައި ބަޔާންކުރެވިފައިވާ ނަމްބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން ހުށައެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ނޮވެމްބަރ 2022 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އެޑްރެސްއަށް/އީމެއިލް އަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ޠާސީން ޙިލްމީ
ޕޮރެޖެކްޓް ޑައިރެކްޓަރ
މޯލްޑިވްސް: އެންހޭންސިގް އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތު ޕްރޮޖެކްޓް
P163818
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
ވެލާނާގެ 11 ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3323668
އީމެއިލް: [email protected]