ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިވާދު ކުނިމެނޭޖްކުރާ ނިޒާމް ހަރުދަނާ ހުރުމަށްޓަކައި 1500ކިލޯ ޕިކަޕެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

     މި އިދާރާގެ އިޢުލާން ނަންބަރު (IUL)260/260/2022/74 ( 18 ޖުލައި 2022 )  އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑް ބާތިލްވެފައިވާތީ އަލުން އިއުލާންކުރަމެވެ.

މިރަށުގައި ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތް ބޭނުންވާ 1500KG ގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ.ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިއުލާނާއި އެކު ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް  ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މިއިޢުލާނާއެކު، ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރީއާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށްށެވެ. ގޫގުލް ފޯމްގެ ލިންކް ތިރީގައި އެވަނީއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަން އޮތްފަރާތްތަކަށްށެވެ. ރަޖިސްޓްރީ ކުރިޔަށްދާނީ އިއުލާނުކުރާ ދުވަހުން ފެށިގެން 20 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

https://forms.gle/C69KTSH9tGAA5YDd8 ގޫގަލްފޯމް ލިންކް:

ބިޑް ސެކިއުރިޓީ

 މިޢިއުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 ބީލަން ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑެރެސް އަދި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ، 6 ނޮވެމްބަރު 2022 އާދިއްތަ ދުވަހުގެ 10:00 އަށް ނައިވާދޫ ކައުންސިލް އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 6 ނޮވެމްބަރު 2022 10:05 ގައި ބީލަން ހުށަހަޅާ ފަރާތް ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ޖަލްސާކުރާ މާލްމަގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520039 އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

12 އޮކްޓޫބަރު 2022
ހޯދާ