ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަހައްދުގައި 2 ކުޑަ ޖަހައިދޭނެ ފަރާތެއް ހޯދުން
މިރަށު އިއްޒުއްދީން ޕާރކުގެ ހުޅަނގުން ބަނދަރުމަތީގައި 2 ކުޑަ ޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ އެތަނުގައި ޖަހާނެ 2 ކުޑަ މިކައުންސިލުން ދިނުމުން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމު މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
| 
 | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި). | 19 އޮކްޓޯބަރ 2022 | ބުދަ | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން. (ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި) | 25 އޮކްޓޯބަރ 2022 | އަންގާރަ | 11:00 | 
ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތް
- މަސައްކަތުގެ އަގަށް: %80 (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
- މަސައްކަތުގެ ތަޖުރިބާއަށް: %20 (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
 
                    