މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ތަކެތި ގަންނަން

ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

#

އަދަދު

އައިޓަމް

1

1

Blade Server Enclosure

2

2

Blade Server

3

1

Storage device

4

1

Windows Server 2012 Standard Edition

5

1

Microsoft SQL 2014 Standard Edition CPU license

6

3

UPS (2200 VA)

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ނޮވެންބަރު 2014 (ހޯމަ) ދުވަހުގެ 12:00 އަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ނޮވެންބަރު (އަންގާރަ) ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ކޮންމެ އައިޓަމަކަށް އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ވަކިންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ވަގުތުގެ ފަހުން އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް:[email protected]  [email protected],

04 ނޮވެންބަރު 2014
ހޯދާ