ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ފެންޕްލާންޓް ސަރަޙައްދުގެ އުތުރުން ހުޅަނގަށް އޮތް ބިން ރެސްޓޯރަންޓްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ގައްދޫ ފެންޕްލާންޓް ސަރަޙައްދުގެ އުތުރުން ހުޅަނގަށް އޮތް ބިން 10 އަހަރު ދުވަހަށް ރެސްޓޯރަންޓްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ގައްދޫ ފެންޕްލާންޓް ސަރަޙައްދުގެ އުތުރުން ހުޅަނގަށް އޮތް ބިން 10 އަހަރު ދުވަހަށް ރެސްޓޯރަންޓްގެ ގޮތުގައި ތަރައްޤީކުރުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި މީގެކުރިން ކޮށްފައިވާ އިޢުލާންތައް އެކިސަބަބުތަކާއިހުރެ ބާޠިލުކޮށްފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމުގެ ގޮތުން އަލުން އިޢުލާންކުރަމެވެ.

އެހެންކަމުން، ރެސްޓޯރަންޓް ތަރައްޤީކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ގައްދޫ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ހުށަހެޅުމަށްވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ އައިޑީކާޑު އަދި ފަރުދެއް/އިންވެސްޓްމަންޓެއް/ކުންފުންޏެއްގެ ފަރާތުން ބައިވެރިވާނަމަ އެޝަޚްޞެއް އެނގޭނެކަމުގެ ރަސްމީ ލިޔުމަކާއި މަޤާމު ބަޔާން ވާންވާނެއެވެ. ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ބޭފުޅުންގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

އެހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.  

4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ