ދިވެހިރާއްޖެ
އިޢުލާން
ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ސަމާލުކަމަށް
މި މިނިސްޓްރީގެ ނަންބަރު (IUL)471-HDS3/471/2022/250 (20 ސެޕްޓެމްބަރ 2022) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
"ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޕޯޓަލް އިން ފޯމު ފުރާފައިވާ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް އެޕްލިކޭޝަން (އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން) ގައި، ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އިޤުރާރު އެޕްރޫވް ނުކޮށް އޮތުމުގެ ސަބަބުން ފޯމު ސަބްމިޓް ނުވެ ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.
އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން ސަބްމިޓްވާނީ، އެ އެޕްލިކޭޝަނުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އީފާސް މެދުވެރިކޮށް ގެދޮރުވެރިން ޕޯޓަލްއަށް ވަދެ އެފޯމުގެ ބައިވެރިއެއްގެ ގޮތުގައި ހިމެނުމާމެދު އެފަރާތުގެ ކޮންސެންޓް ދިނުމުންނެވެ. ވުމާއެކު، ގެދޮރުވެރިން ޕޯޓަލްއަށް ވަދެ "ބައިވެރިވާ ފަރާތްތަކުގެ އިޤުރާރު" ގައިވާ "އާއެކޭ" ނުވަތަ "ނޫނެކޭ" ގެ ތެރެއިން ބޭނުންފުޅުވާ ގޮތެއް ޚިޔާރުކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، ޙަވާލާދީފައިވާ އިޢުލާނާ ގުޅިގެން ފޯމު ސަބްމިޓް ކުރެވޭނެ އެންމެ ފަހު ވަގުތަކީ 15 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ކަމުގައިވާތީ އެވަގުތު ޖެހުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކުންވެސް ހުށަހަޅުއްވާފައިވާ ފޯމުގެ ސްޓޭޓަސްގައި އިނީ “Submitted” ތޯ ޔަގީން ކުރެއްވުމަށް ދަންނަވަމެވެ.
12 އޮކްޓޯބަރ 2022