ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކަށް ، ގޯތިލިބުނުކަމުގެ ލިޔުން ހަވާލުކުރުމާބެހޭ

             ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފަރާތްތަކަށް ގޯތިލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވޭ ރަސްމިއްޔާތު 15 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ތ.މަޑިފުށީ ސްކޫލުގައި އޮންނާނެއެވެ.

             ވީމާ، މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނިފައިވާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

             ގޯތިލިބުނު ކަމުގެ ލިޔުމާއި ޙަވާލުވުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ ، އެކަން ބަޔާންކޮށްގޯތިލިބޭ ފަރާތުގެ ސިޓީއެއް ރަސްމިއްޔާތު ފެށުމުގެ ކުރިން، މިއިދާރާއަށް ހުށަހަޅާންވާނެއެވެ. ނުވަތަ [email protected] އަށް މެއިލްއިން ފޮނުވަންވާނެއެވެ.

12 އޮކްޓޫބަރު 2022
ހޯދާ