ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކޮންސަލްޓެންސީ/އެޑްވައިޒް ދޭނެ ފަރާތެއް ހޯދުމަށް

މިއޮތޯރިޓީއަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން 01 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން ކޮންސަލްޓެންސީ/އެޑްވައިޒް ދޭނެ ފަރާތެއް ބޭނުންވެއެވެ.

ބޭނުންވާ އަދަދު 01 (އެކެއް)

ޝަރުޠު:  ޝަރީޢާ/ އިސްލާމިކް ފައިނޭންސް/ ލޯ ގެ ދާއިރާއިން މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވުން

       އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

އުޖޫރަ (މަހަކު) : -/25,000ރ

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު ލިއުމުން ހުށަހަޅުއްވަންވާނެއެވެ.

-  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓް ކޮށްފައިވާ)

-  ކަރިކިއުލަމް ވިޓާ (ސީވީ)

-  މިފުރުޞަތު ދެވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި އިންޓަރވިއު، އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

-  މި އިޢުލާނާ ގުޅިގެން ޝޯޓްލިސްޓްވާ ފަރާތްތަކަށް TORގެ އިތުރުން މިމަސައްކަތުގެ ޑެލިވަރަބްލްސް އަދި ޓައިމް ލައިން އެކުލެވޭ ވާރކް ޕްލޭނެއް ހިއްސާކުރެވޭނެއެވެ.

-  މި އިޢުލާނާ ގުޅިގެން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

   އިސްލާމިކް ފައިނޭންސް އެޑްވައިޒަރުގެ TOR އޮތޯރިޓީގެ ވެބްސައިޓުގެ http://www.cmda.gov.mv/docs/TOR_Islamic_Finance_Advisor_Oct2014.pdf މިލިންކުން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ނޮވެންބަރު 2014 ގެ 14:00 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް: 3336624

އީމެއިލް: [email protected]

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ