ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކައްދޫ އެއަރޕޯޓުގެ ބަނދަރުގެ މަގަތުފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ކައްދޫ އެއރޕޯޓުގެ ބަނދަރުގެ މަގަތުފާލަން (ކީވޯލް) މަރާމާތުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތަށް ބީލަން ހުށަހެޅުއްވުމަށް އެދި މިކުންފުނިން ޝާއިޢުކުރި ނަންބަރު: KACL/iulaan/2014/006ފ(16 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ލިބިފައިވާ ބީލަންތަކުގެ އަގުތައް މިކުންފުނިން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ބޮޑުވާތީ، މިދެންނެވި އިޢުލާން ބާޠިލުކުރުމަށްފަހު މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.

2. ވީމާ، ކައްދޫ އެއަރޕޯޓުގެ ބަނދަރުގެ މަގަތުފާލަން މަރާމާތުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ނޮވެންބަރުމަހުގެ 10 ވާ ހޯމަދުވަހުގެ 14:00 އަށް ކައްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ނޮވެންބަރު 24 ވާ ހޯމަދުވަހުގެ 14:00 އަށް ލ. ކައްދޫ އެއރޕޯޓް އޮފީހަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

3. މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ކައްދޫ އެއަރޕޯޓުގެ މަގަތު ފާލަން މަރާމާތު ކުރުން" މިގޮތަށް ޖައްސަވާފައެވެ. ހުށައަހަޅުއްވާނީ ބީލަމުގެ އޮރިޖިނަލެވެ. ބީލަމުގެ ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

6 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ