މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

ދިރިއުޅުމަށްޓަކައި  މިރަށުން ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިބުރުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ޗާޓް މިއިޢުލާނާއިއެކު މިވަނީއެވެ. މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ގޯއްޗެވެ. އެއީ 3000 އަކަފޫޓްގެ ގޯއްޗެވެ. ގޯތި ދޫކުރެވޭނީ މިކައުންސިލުން ފާސްކޮށްފައިވާ "ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެމަތިންނެވެ.

ވީމާ، ގޯއްޗަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން 23 އޮކްޓޯބަރ 2022ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް ގޯއްޗަށް އެދޭ ފޯމް ފުރިހަމަކުރައްވާ މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. ފޯރމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް www.fainucouncil.gov.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ.

މިއިޢުލާނާއިއެކު ތިރީގައިވާ ލިޔުންތަކުގެ ލިންކް/ކޮޕީ ހިމެނިފައިވާނެއެވެ.

  1. "ރ.ފައިނުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު"
  2. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  3. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓް

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

06 އޮކްޓޫބަރު 2022
ހޯދާ