އިޢުލާނު
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-310000
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒު / އެގްޒެކެޓިވް ސެކްރެޓޭރިއެޓް ސެކްޝަން / ކ.މާލެ
|
މުސާރަ:
|
މަހަކު 4,465.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 1,500.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް: މަހަކު 700/- ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު މުސާރައިގެ %35 އިންސައްތަ
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސަރުކާރުގެ އިދާރާތަކުންނާއި، ކައުންސިލްތަކުން އަދި ސަރުކާރުގެ އޮފީސްތަކުން އެގްޒެކެޓިވް ސެކްރެޓޭރިއަޓަށް އަންނަ ސިޓީތައް/ލިޔުންތައް ސެކްޝަން ހިންގަވަން ހުންނެވި ވެރިއަކު ޓާސްކު ފޮނުވުމުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ވިދާޅުވާ ގޮތެއްގެމަތިން ޖަވާބު ދިނުމާއި ފޮނުވަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ޤަވާއިދުން ފޮނުވުން
- އަމިއްލަ ފަރާތްތަކުން މިނިސްޓަރާއި، މިނިސްޓަރގެ ނައިބުން ފެށިގެންދަށުގެ ސިޔާސީ އެހެންބޭފުޅުންގެ އަރިހަށް ފޮނުވާ ސިޓީތަކުގެ ތެރެއިން އެގްޒެކެޓިވް ސެކްރެޓޭރިއަޓުން ޖަވާބުދޭންޖެހޭ ލިޔުންތަކަށް ސެކްޝަން ހިންގުމާ ޙަވާލުވެ ހުރި ވެރިޔަކު ޓާސްކުފޮނުވުމުން ލިޔެ ތައްޔާރުކޮށް އެފަދަ ލިޔުންތަކާ ގުޅިގެން އެކި އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޤަވާޢިދުން ފޮނުވުން.
- މިނިސްޓަރާ މިނިސްޓަރުގެ ނައިބުން ފެށިގެން ދަށުގެ އެހެންބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ނިމުމުން ދަތުރު ޕްރޮގްރާމާއި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
- މިނިސްޓަރ އޮފް ހޯމްއެފެއަޒާއި މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީވެރިން އަރިހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން އެބޭފުޅުން ރިސީވް ކުރުމާއި، ސައިފޮދުގެ އިންތިޒާމް ހަމަޖެއްސުމާއި، ހަދިޔާ އަރުވަން ޖެހޭ ބޭފުޅުންނަށް ބޭނުންވާ ހަދިޔާ ހޯދާފައި ބެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- މިނިސްޓަރާ މިނިސްޓަރުންގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީބޭފުޅުން ރާއްޖެ ތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިންތިޒާމްތައް ހަމަޖައްސައި، ދަތުރުތަކުގައި ބައިވެރިވާން ޖެހޭ ޙާލަތްތަކުގައި ބައިވެރިވެ، ދަތުރު ނިމުމުން ދަތުރު ޕްރޮގްރާމާއި ޚަރަދު ތަފްޞީލް ތައްޔާރުކޮށް ބަޖެޓާއި ހަވާލުކުރުން.
- މިނިސްޓަރާ މިނިސްޓަރުންގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީވެރިން މިނިސްޓްރީ ތަމްޝީލް ކުރުމަށް ވަޑައިގަންނަވާ އެކިއެކި ބައްދަލުވުންތައް އެޑްމިނިސްޓްރޭޓިވް ޔުނިޓުން އެންގެވުމުން އެބައްދަލުވުމަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ދަންނަވާ އެބައްދަލުވުމަކަށް އެބޭފުޅަކު ވަޑައިގަންނަވާތޯ ބެލުން. އަދި އެބައްދަލުވުމެއް ނިމުމުން އެބޭފުޅަކަށް ދަންނަވައިގެން ބައްދަލުވުމުގެ ބުރީފިންގ އެޑްމިނިސްޓްރޭޓިވް ޔުނިޓާ ޙަވާލުކުރުން.
- މިނިސްޓަރުގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ބޭފުޅުގެ އެޕޮއިންޓުމަންޓުތައް ހަމަޖައްސާ އެފަރާތްތަކަށް އެންގުން. އަދި ބައްދަލުވުމުގެ ޔައުމިއްޔާލިޔެ ސެކްޝަންގެ ވެރިއަކަށް ދައްކައި ޤަވާޢިދުން ފައިލްކުރުން
- މިނިސްޓަރާ މިނިސްޓަރ ގެ ނައިބުންނާއި ސިޔާސީ އެހެންބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ސެކްޝަން ހިންގަވަން ހުރި ވެރިއަކަށް ދައްކައި ޕުރިންޓުނަގައި ސޮއި ކުރުވުމަށްފަހު ފައިލުކޮށް ބެލެހެއްޓުން.
- މިނިސްޓަރގެ ނައިބުންފެށިގެން ދަށުގެ ހުރިހާ ސިޔާސީބޭފުޅުން އޮފީހުގައި ނޫޅުއްވާ ވަގުތުތަކުގައި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއި ބައްދަލުކޮށް ސެކްޝަން ހިންގަވާ ވެރިޔެއްގެ މަޝްވަރާއާއިއެކު އެހީތެރިވެދެވެން ހުންނަ ކަންކަމުގައި އެހީތެރިވެދިނުން. އަދި ޔައުމިއްޔާ ލިޔަންޖެހޭ ބައްދަލުވުމެއް ނަމް ޔައުމިއްޔާލިޔެ ސެކްޝަން ހިންގަވަންހުރި ވެރިޔަކަށް ދައްކައި ޤަވާޢިދުން ފައިލްކުރުން.
- މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ވެރިންނަށް އަންނަ ލިޔުންތައް ކައުންޓަރުން ޙަވާލުވުމަށްފަހު އެބޭފުޅަކަށް ރައްދުކޮށް، އެބޭފުޅަކު ވިދާޅުވާ ގޮތަކަށް ޢަމަލުކުރުން.
- މިނިސްޓަރާއި، އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބަލަހައްޓަވާ ސިޔާސީ ބޭފުޅުންގެ ބިޒްނަސް ކާޑް ތައްޔާރު ކުރުމާއި، ޕާސްޕޯޓް ހެއްދުމާއި، މިނިސްޓަރާއި، މިނިސްޓަރގެ އާއިލާގެ ބޭފުޅުންގެ ތެރެއިން ޤާނޫނުން އެޢިނާޔަތް އަރުވާފައިވާ ބޭފުޅުންގެ ހެލްތު އިންޝުއަރެންސްގެ އިންތިޒާމްތައް ހަމަޖެއްސުން.
- މިނިސްޓަރަށް އަންނަ ހުރިހާ ލިޔުންތަކެއް ކައުންޓަރުން ޙަވާލުކުރުމުން ސެކްޝަން ހިންގަވަން ހުރި ވެރިއެއްގެ އަރިހަށް ގެންދިއުން. އަދި އެހެން ސެކްޝަނަކާ ޙަވާލުކުރުމަށްދޭ ލިޔުންތައް ކައުންޓަރާ ޙަވާލުކުރުން.
- މިނިސްޓަރގެ ނައިބުން ފެށިގެން ދަށުގެ ސިޔާސީ ވެރިންނަށް އަންނަ ލިޔުންތައް ކައުންޓަރުން ޙަވާލުވުމަށްފަހު އެބޭފުޅަކަށް ރައްދުކޮށް، އެބޭފުޅަކު ވިދާޅުވާ ގޮތަކަށް ޢަމަލުކުރުން.
- އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ އެކްޝަން ޕްލޭނާއި އެކްޝަން ޕްލޭން ޕްރޮގްރެސް ހަދާ ޕްލޭނިންގ ސެކްޝަނާ ހަވާލުކުރުން.
- ޤައުމީ ފެންވަރެއްގައި ފާހަގަކުރާ ދުވަސްތަކާއި، އެހެނިހެން މުނާސަބަތުތަކުގެ ތެރެއިން މިނިސްޓަރ އަންގަވާ މުނާސަބަތުތަކަށް ތަޙުނިޔާ ކާޑު ޑިޒައިންކޮށް ފޮނުވުން.
- ސެކްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ އަދި ވެރިންނާއި މަޝްވަރާކޮށްގެން ޖަވާބުދޭންޖެހޭ މައްސަލަތަކުގައި ވެރިޔަކާއި މަޝްވަރާކޮށް ވިދާޅުވާގޮތެއްގެ މަތިން ވަގުތުން ޖަވާބުދިނުން.
- އެގްޒެކެޓިވް ސެކްރެޓޭރިއެޓްގެ ފަރާތުން ބައިވެރިވާން ޖެހޭ ވޯރކްޗޮޕް/ ސެމިނަރ/ ޓެރެއިނިންގ ތަކުގައި ކަނޑައެޅޭ ގޮތެއްގެ މަތިން ބައިވެރިވުން.
- މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންތައްތަކުގައާއި، ހުރިހާ މުވައްޒަފުން ޝާމިލްސެކްޝަނުގެ އެހެން މުވައްޒަފުންގެ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން
- މިނިސްޓަރސް ބިއުރޯގެ މުވައްޒަފަކު ނެތް ހާލަތެއްގައި ސެކްޝަނުގެ ވެރިއަކު ވިދާޅުވާގޮތެއްގެ މަތިން އެމުވައްޒަފެއްގެ މަސައްކަތް ކުރުން ވާންޖެހޭ މިނިސްޓްރީގެ ރަސްމީ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ނެތް
ޕްރިފަރޑް ޑިސިޕްލިންތައް:
ނެތް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
ނެތް
|
މަޤާމުގެ މަސައްކަތު ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 2022 ނޮވެންބަރު 1 އާއި 2022 ނޮވެންބަރު 10 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031546 ނުވަތަ 3031543 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|