ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ގައުން އަދި ސްޓާފް ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލަށް ބޭނުންވާ ގައުން އަދި ސްޓާފް ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

19 އޮކްޓޫބަރު 2022 (ބުދަ) ދުވަހުގެ 13:00 ގެ ކުރިން

23 އޮކްޓޫބަރު 2022 (އާދީއްތަ) ދުވަހުގެ 13:00 (ގުރަހަ)

 

ޕްރީބިޑް މީޓިންގ 20 އޮކްޓޫބަރު 2022 (ބުރާސްފަތި) ދުވަހުގެ 11:00 ގައި އޮންނާނެއެވެ. މި މީޓިންގގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫނެވެ.

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6809003 ނަންބަރަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

11 އޮކްޓޫބަރު 2022
ހޯދާ