މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ އޮފީސް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު)، އަމިއްލަ ތަކެއްޗާއި ވަޞީލަތް ބޭނުން ކޮށްގެން، 02 (ދޭއް) އަހަރުގެ މުއްދަތަށް ކުނިކަހާ ފޮޅާ ސާފު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 16 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ހެނދު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެފިކޭޝަން ރިކުއެސްޓްތަކަށް 17 އޮކްޓޫބަރު 2022 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން، މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ. އަދި އީމެއިލުން ނަމަ [email protected];  އަށެވެ.

11 އޮކްޓޫބަރު 2022
ހޯދާ