ދިވެހިރާއްޖެ
"ރ.ކިނޮޅަހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ"
މާޅޮސްމަޑުލުއުތުރުބުރީ ކިނޮޅަހު ކައުންސިލުން 7 ޖުލައި 2022 ގައި ރ.ކިނޮޅަހުން ބަންޑާރަގޯތި ދޫކުރުމަށް ކޮށްފައިވާ ނަންބަރ (IUL)312/E17C/2022/2 އިޢުލާނު، ބާތިލްކޮށް، އަލުން ބަންޑާރަގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު 11 އޮކްޓޯބަރ 2022 ން 10 ނޮވެމްބަރ 2022 ގެ ނިޔަލަށް ހުޅުވާލަމެވެ. ވުމާއެކު، 07 ޖުލައި 2022 ގައި ހުޅުވާލެވުނު ފުރުޞަތާއި ގުޅިގެން ގޯއްޗަށްއެދި ހުށައަޅުއްވާފައިވާ ފޯމްތަށްވެސް ބާތިލްކުރެވިފައިވާތީ ދެންނެވީމެވެ. މި ގޮތަށް ނިންމާފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 66 ވަނަ އާންމުބައްދަލުވުމުން، ދޫކުރާގޯތީގެ އަދަދަށް ބަދަލުގެނެވިފައިވާތީއެވެ. މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 31 ގޯތި ކަމުގައިވެސް ދަންނަވަމެވެ.
ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނާއި، ޖީމެއިލް [email protected] މެދުވެރިކޮށެވެ. ބަންޑާރަގޯތި ދޫކުރުމުގެ އެންމެހާ ކަންކަން ކުރެވިގެންދާނީ ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން އާންމުކޮށްފައިވާ އުސޫލާއި އެއްގޮތަށެވެ. މި އިޢުލާނާއެކު އުސޫލު އަދި ގޯއްޗަށްއެދޭ ފޯމްގެ ޕީޑީއެފް އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
11 އޮކްޓޯބަރ 2022