ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމް ފެށުމާއިގުޅޭ:

         ނަމްބަރ: IUL)244-CAA/244/2022/45

                           އިޢުލާން

            މި އިދާރާއާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމަންޓްއާއި ގުޅިގެން 2022 ސެޕްޓެމްބަރ 16 ގައި ދުޅަހެޔޮ ހަށިހެޔޮ ކަސްރަތު ޕްރޮގްރާމް ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް، ސްޕޯރޓްސް ކައުންސެލަރ މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

            ވީމާ، މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 16 ވަނަދުވަހުގެ ރޭގަނޑު 20:15 އަށް ތުރާކުނު ފުޓުބޯޅަ ދަނޑަށް ވަޑައިގެންދެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް ސްޕޯރޓްސް ކައުންސެލަރ 7727547 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 އޮކްޓޫބަރު 2022
ހޯދާ