މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ، ރިސަރޗް އެންޑް އެނަލިޓިކްސް

މަޤާމް: މެނޭޖަރ، ރިސަރޗް އެންޑް އެނަލިޓިކްސް
ޑިޕާޓްމަންޓް: ރިސަރޗް އެންޑް އެނަލިޓިކްސް
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ދާއިމީ  (01 އަހަރުގެ  ކޮންޓްރެކްޓް، 3 މަހުގެ ޕްރޮބޭޝަނާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.) 

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު ނުވަތަ ޝަރުތު:

  1. ފައިނޭންސް، އިކޮނޮމިކްސް، އިންވެސްޓްމަންޓް، ފަންޑް މެނޭޖްމަންޓް ނުވަތަ އެކްޗޫރިއަލް ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީއެއް ހާސިލުކޮށްފައިވުން (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ނުވަތަ  އެއާއި އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކޭޝަނެއް ހާސިލުކޮށްފައިވުން.، އަދި

  1.  މަސައްކަތާގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީއެއް ނުވަތަ އެއާއި އެއް ފެންވަރެއްގެ ޕްރޮފެޝަނަލް ސެޓްފިކޭޝަނެއް ހާސިލުކުރުމަށްފަހު، މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ އަދި އިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 28,565.00ރ


މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްއޫލިއްޔަތު ތަކުގެ މަޢުލޫމާތު މިއިއުލާނާއެކު އެވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް  www.pension.gov.mv ގައި އިޢުލާނާއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

މިމަގާމަށް ޝައުގުވެރިވެވަޑައިގަންވާ ފަރާތްތަކުން ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައިވާ މިވާ ލިޔެކިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ) ސާފު ކޮޕީ 

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)

ނޯޓް:

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެން ވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ،ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މި މަޤާމަށް ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއާއި އިންޓަވިއު އަދި އިމްތިހާނަށް ބިނާކޮށް އެންމެ މަތިން މާކްސްލިބޭ ފަރާތެވެ.

 

އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު 23 އޮކްޓޫބަރު 2022 އާ 10 ނޮވެންބަރު 2022 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަސްތަކުގައި ޕެންޝަން އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އަދި އިމްތިޙާނާގުޅޭ ކަންކަން ކުރިއަށް ގެންދާނީ މަދުވެގެން 3 (ތިނެއް) މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ. 


ސުންގަޑި: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް (https://portal.pension.gov.mv/members/job-application) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމާގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް 1441 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441 

10 އޮކްޓޫބަރު 2022
ހޯދާ