އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"ރަސްފަރީ ރިސްޓޮރޭޝަން" ޕްރޮޖެކްޓް ހިންގުމަށްޓަކައި ޕްރޮޖެކްޓް މެނޭޖަރެއްގެ މަޤާމަށް ކުރިމަތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އިޢުލާން

 

"ރަސްފަރީ ރިސްޓޮރޭޝަން" ޕްރޮޖެކްޓް ހިންގުމަށްޓަކައި ޕްރޮޖެކްޓް މެނޭޖަރެއްގެ މަޤާމަށް ކުރިމަތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 2022 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވިފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތައް އެޓެސްޓް ކުރެވިފައި ހުންނަންވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ނަންބަރު 2019/R-1067 ޤާވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއެއްގޮތަށެވެ.) ، ވަޒީއާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައި.ޑީ ކާޑުގެ ކޮޕީ ، އަދި ސިވިލް ސަރިވސް މުވައްޒަފެއް ނަމަ މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމަށް އިޢުތިރާޒެއް ނެތްކަމުގެ ސިޓީ، ހުށަހެޅުއްވުން އެދެމެވެ.

 

އެޕްލިކޭޝަން އީ.މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ [email protected] އީ.މެއިލް އެޑްރެހަށެވެ. އަދި އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހަޅުއްވާނަމަ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

 

"ރަސްފަރީ ރިސްޓޮރޭޝަން" ޕްރޮޖެކްޓް ހިންގުމަށްޓަކައި ޕްރޮޖެކްޓް މެނޭޖަރެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ޔުނިޓު

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

ހަނދުވަރީ ހިނގުން، މާފަންނު މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3335949، 3038800

ވެބްސައިޓް:http://www.epa.gov.mv/) )  www.epa.gov.mv

 

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ. 

10 އޮކްޓޫބަރު 2022
ހޯދާ