ދިވެހިރާއްޖެ
މި މަދަރުސާގެ، ތިރީގައިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމު: |
ލީޑިންގ ޓީޗަރ (ދާއިމީ) |
މަޤާމުގެ ނަންބަރު: |
252578 |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: |
ފ.އަތޮޅު މަދަރުސާ |
ސެކްޝަން: |
އެކަޑަމިކް ސެކްޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އިތުރުގަޑީގެ ފައިސާ: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:
- ކިޔަވައިދޭންޖެހޭ މާއްދާތަކުގެ ސްކީމްތަކާއި ފިލާވަޅުތަކާއި އެ ފިލާވަޅުތަކާ ގުޅޭ ޓީޗިންގ އެއިޑްސް ތައްޔާރުކުރުމާއި، ހަވާލުކުރެވޭ ޓައިމްޓޭބަލާ އެއްގޮތަށް ކިޔަވައިދިނުމާއި، ހަވާލުކުރެވޭ ރިލީފް ގަޑިތައް ނެގުން.
- ލެޝަން ޕްލޭންތަކާއި، ސްކީމް އޮފް ވާރކާއި، ޓެސްޓް ޕޭޕަރުތަކާއި، ދަރިވަރުންތަކާއި، ޓެސްޓުގެ ޖަވާބުކަރުދާސްތަކާއި، ކްލާސް ރަޖިސްޓަރީތަކާއި، ކްލާސް ރެކޯޑްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތަކުގެ އިރުޝާދު މުދައްރިސުންނާއި ދަރިވަރުންނަށް ދިނުން.
- މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު އޮބްޒާވްކޮށްފައި ފީޑްބެކް ދިނުމާއި، މުދައްރިސުންގެ ޢިލްމީ ހުނަރުތައް ރަނގަޅުކުރަންޖެހޭ ދާއިރާތައް ފާހަގަކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ސްކޫލުގެ ފެންވަރުގައި ޕްރޮގްރާމް ހިންގުމާއި، އަމިއްލަ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
- ދަރިވަރުންގެ އަޚުލާޤު ރަނގަޅުކުރުމަށާއި، މުދައްރިސުންނާއި ބެލެނިވެރިންގެ އޮންނަ ގުޅުން ރަނގަޅުކުރުމަށްޓަކައި ބައްދަލުވުންތައް ބޭއްވުން.
- ޓައިމްޓޭބަލާއި އެކްޓިވިޓީސް ކަލަންޑަރު ތައްޔާރުކޮށް، އެކްޓިވިޓީސް ކަލަންޑަރުގައިވާ ހަރަކާތްތައް މުވައްޒަފުން ލައްވައި ހިންގުން.
- ޓީޗަރުންގެ މަސައްކަތްތައް ސިވިލްސަރވިސް ކޮމިޝަނުން ހަމަޖައްސާފައިވާ އުސޫލުން ސްޕަވައިޒްކޮށް، ސްޓާފް އެޕްރައިޒަލް ފޯމުތައް ފުރައި މާކްސް ދީ އަޕްޑޭޓްކުރުން
- ދަރިވަރުންނަށް ދެވޭ ޓެސްޓްތަކާއި އިމްތިޙާނުތައް ޓީޗަރުން ލައްވާ ހިންގުވައި، ނަތީޖާ އެނަލައިޒްކޮށް، ފެންވަރު ދަށް ކުދިންނަށް އިތުރު ކްލާސް ހިންގުމާއި، މޮޅުކުދިންނަށް އިތުރަށް މޮޅުވެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- މުދައްރިސުންނާއެކު ކޯޑިނޭޝަން މީޓިންގތައް ބޭއްވުމާއި، ސަބްޖެކްޓް ކޮމިޓީ މީޓިންގތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، ސްޓާފްމީޓިންގތަކާއި ޕޭރަންޓް މީޓީންގތައް ބޭއްވުމާއި، ސްކޫލުގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރުން.
- ޓީޗަރުން ކިޔަވައިދިނުމުގައި ބޭނުންކުރާ މާއްދާތަކާ ގުޅޭ މުދައްރިސުންގެ ފޮތްތަކާއި، ޓީޗަރސް ގައިޑްތަކާއި، ސިލަބަސްތައް ޓީޗަރުންނަށް ހޯދައިދިނުމާއި، އެތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާކަން ކަށަވަރުކުރުމާއި، ސްކޫލުގެ ގޯތިތެރެ ސާފުތާހިރު ފެހިތަނަށް ހެދުމަށް މަސައްކަތްކުރުން.
- ސްކޫލުގެ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން ރާވާ އެންމެހައި ކަންތައްތަކެއްގައި އިސްވެ ހަރަކާތްތެރިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (www.csc.gov.mv އިންނާއި، މިމަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ތައްގަނޑުޖަހާފައިވާ އަސްލު.
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އެޓެސްޓެޑް ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ) ފޯނުނަންބަރާއެކު
- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފެއްނަމަ ''މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން''.
އިންޓަރވިއު ކުރުން: މި އިޢުލާނުގައިވާ މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2014 ނޮވެންބަރު 12 ވާ ބުދަ ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ސުންގަޑި: މި އިޢުލާނުގައިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 10 ހޯމަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން ސްކޫލުގެ އޮފީހަށް ވަޒީފާއަށް އެދޭ ފޯމު، މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި 7952910 ނަންބަރަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.