ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުން

         ނަމްބަރ: IUL)244-CAA/244/2022/44

އިޢުލާން

           ރައްޔިތުންނަށް ރައްކާތެރި ސާފުބޯފެން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަދި ހއ.ތުރާކުނަކީ އެއްފަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް (ސިންގަލް ޔޫސް ޕްލާސްޓިކް) ބޭނުންކުރާ މިންވަރު މަދު، ތިމާވެއްޓާއި ރަށްޓެހި ރަށަކަށް ހެދުމުގެ މަޤުޞަދުގައި އިންސްޓޯލްމަންޓް އުޞޫލުން ވޯޓަރ ޕިއުރިފަޔަރ ފޯރުކޮށްދިނުމަށް މި ކައުންސިލުން ބޭނުންވެއެވެ. އެގޮތުން ފިޔަވަހިތަކަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕޮރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ 20 ވޯޓަރ ޕިއުރިފަޔަރއެވެ. މި ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދެވޭ ޕިއުރިފަޔަރގެ އަންދާޒާ އަގަކީ 5000ރ (ފަސް ހާސް ރުފިޔާ) ނުވަތަ 4500 ރ (ހަތަރު ހާސް ފަސްސަތޭކަ ރުފިޔާ) އެވެ. އަދި ވޯޓަރ ޕިއުރިފަޔަރއަށް އެއްފަހަރާ ނުވަތަ 12 މަސްދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭނެއެވެ.

           ވީމާ، މި ޕްރޮޖެކްޓްގެ ދަށުން ވޯޓަރ ޕިއުރިފަޔަރ ބޭނުންވާ ފަރާތްތަކުން 2022 އޮކްޓޯބަރ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ދުރުވެ ނަން ނޯޓްކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓްކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީއެއް ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

10 އޮކްޓޫބަރު 2022
ހޯދާ