ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޝަރީޒު މިނިސްޓްރީއާ ގުޅިގެން ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް މަޝްރޫޢުގެ ޓްރެއިނިންގ އާއި ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މިކައުންސިލާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހައިޑްރޮޕޯނިކްސް މަޝްރޫޢުގެ ޓްރެއިނިންގ އޮކްޓޫބަރ 23ވަނަ ދުވަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރެއިނިންގ ޕްރޮގްރާމްގެ މުއްދަތަކީ 21 ދުވަހެވެ. މި ޓްރެއިނިންގ ޕްރޮގްރާމްގައި ހައިޑްރޮޕޯނިކްސް މަޝްރޫޢަށް ހޮވުނު ފަރާތްތަކުގެ އިތުރުން ފެނުގައި ގަސް ހައްދަން ދަސްކުރުމަށް ޝައުޤުވެރިވާ 35 ފަރާތަކަށް އެފުރުޞަތު އޮތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް، ތަމްރީން ފުރިހަމަކުރުމުން ސެޓްފިކެޓް ދެވޭނެއެވެ.

ވީމާ، މި ޓްރެއިނންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޯބަރ 2022ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ ނަންބަރު 6760042 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރުމަށް ދަންނަވަމެވެ. އަދި މި ޓްރެއިނިންގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައިގެން ނުވަތަ [email protected]  އީމެއިލް ކުރައްވައިގެން ނަން ނޯޓް ކުރުމަށް ދަންނަވަމެވެ. ހައިޑްރޮޕޯނިކްސް ޓްރެއިނިންގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިއިދާރާގެ ކައުނޓަރުން ލިބެން ހުންނާނެއެވެ.   

10 އޮކްޓޫބަރު 2022
ހޯދާ