ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުން ހިންގާ ޑިޖިޓަލް ޕްރިޒަރވޭޝަން ޕްރޮޖެކްޓްގެ ދަށުން ތިރީގައި މިވާ ތަކެތި މިއޮފީހަށް ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި މިއޮފީހަށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ޕްރޮޕޯސަލް ތައްޔާރުކުރައްވައި މި އިޢުލާނުގައިވާ ގޮތުގެ މަތިން ހުށަހެޅުން އެދެމެވެ.
ގަންނަން ބޭނުންވާ ތަކެތި:
02 ލެޕްޓޮޕް
04 ކޮމްޕިއުޓަރ ސިސްޓަމް
01 ސްމާރޓް ޓީ.ވީ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
ޕްރޮޕޯސަލް ހުށައެޅުން |
18 އޮކްޓޯބަރ 2022 (އަންގާރަ |
11:00 |
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، ހ. ކެލީތިއާގެ 2 ވަނަ ފަންގިފިލާ، ހަކުރާގޯޅި، މާލެ، ދިވެހިރާއްޖެ. |
މައުލޫމާތު ސާފުކުރުން |
10 އޮކްޓޯބަރ 2022 ވަނަ ދުވަހުން ފެށިގެން 18 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް |
|
މައުލޫމާތު ކަރުދާސް މިއުލާނާއެކު ޝާއިއު ކުރެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިތުރު ކަމެއް ސާފުކުރަން ބޭނުން ވެއްޖެ ހިނދެއްގައި ޤައުމީ އަރުޝިފުގެ ޕްރޮކިއުމެންޓް ޔުނިޓުގެ އީމެއިލް: [email protected] މެދުވެރިކޮށް ހުށަހެޅޭނެއެވެ. |
ޕްރޮޕޯސަލް ހުޅުވުން |
18 އޮކްޓޯބަރ 2022 (އަންގާރަ) |
11:00 |
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު، ހ. ކެލީތިއާގެ 2 ވަނަ ފަންގިފިލާ، ހަކުރާގޯޅި، މާލެ، ދިވެހިރާއްޖެ. |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3010960 ނަންބަރަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.