މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ޕަބްލިކް އިންފޮރމޭޝަން ޔުނިޓް)

`

 

 

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

        މާލެ، ދިވެހިރާއްޖެ    

(IUL)25-A5/25/2022/51 :ނަންބަރު

އިޢުލާނު

މަޤާމު:

ޑެޕިއުޓީ ޑެސްކް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.ޕީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ޖެނެރަލް ސަރވިސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ޕަބްލިކް އިންފޮރމޭޝަން ޔުނިޓް)

މުސާރަ:

 -/4,465ރ.

ސަރވިސް އެލަވަންސް:

 -/1,500ރ.

އެހެނިހެން އެލަވަންސް:

 - ސްޕެޝަލް ޑިއުޓީ އެލަވަންސް: 1,563.00ރ.

 ސަޕޯޓިންގ ކޯ 2: 700.00 ރ

 - ފޮރިން ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

 - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

 - ފޮރިން ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ޙާރިޖީ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް މަހަކަ 1 ފަހަރު ބައްދަލުވުން ބޭއްވުން

  2. ޙާރިޖިއްޔާއިން  ކުރާ ކަންތައްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު އަހަރަކު 2 ފަހަރު މަޝްވަރާ ބައްދަލުވުންތަށް ބޭއްވުން

  3. ދިވެހިރާއްޖެ ތަމްޟީލު ކުރާ ދިވެހިރާއްޖޭގެ އެކިއެކި މިޝަންތަކުން ރާވާ ހިންގާ އެކިއެކި ހަފުލާތަކާބެހޭ މަޢުލޫމާތު މީޑިޔާއަށް ފޮނުވުމާއެކު ޚަބަރުގެ ރިކޯޑިންގ މިޝަންސް ތަކަށް ފޮނުވުން

  4. ލޯކަލް މީޑިޔާގައި މިނިސްޓްރީއަށް ނިސްބަތްވާގޮތަށް ނެރެވޭ ލިޔުންތަކާބެހޭ މަޢުލޫމާތު އެއްކޮށް މިނިސްޓަރ ނުވަތަ އެވަގުތު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނަވާ އިސްވެރިޔަކަށް ރިޕޯރޓު ކުރުމަށްފަހު އަންގަވާގޮތެއްގެ މަތިން ޢަމަލް ކުރުން

  5. މިނިސްޓްރީން ރާވާ އެކިއެކި ޖަލްސާ ތަކުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އިންޓަނޭޝަނަލް މީޑިޔާ އެއަރޕޯޓުން ރިސީވްކުރުމާއި ފުރުމުގެ ކަންތަކުގައި އެހީތެރިވެދިނުން

  6. މިނިސްޓްރީއާއި ގުޅުންހުރި ތަފާތުއެކި މައްސަލަތަކުގައި އިންޓަރނޭޝަނަލް މީޑިޔާގެ ފަރާތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން

  7. ކުރިން މީޑިޔާއަށް ދެވިފައިވާ މަޢުލޫމާތެއްނަމަ އެކަމަކާ ގުޅުންހުރި ލިޔުންތަކަށް ރިޔާޔަށްކޮށް ރިޕޯރޓު ތައްޔާރު ކުރުމަށްފަހު މިނިސްޓަރ ނުވަތަ މިނިސްޓްރީ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔަކަށް ހުށަހެޅުން ނުވަތަ އެފަރާތެއްގެ ހުއްދައާއެކު އެމަޢުލޫމާތު މީޑިޔާއާއި ޙިއްސާކުރުން

  8. އިންޓަރނޭޝަނަލް ފެންވަރުގައި ބާއްވާ ޖަލްސާތަކުގައި ރައީސް ނުވަތަ ދިވެހިރާއްޖެ ތަމްޟީލުކުރާ ފަރާތްތަކުން ދެއްވާ ސްޓޭޓްމަންޓު އިންޓަރނޭޝަނަލް މީޑިޔާއިން އެދިއްޖެ ހިނދެއްގައި މަގުފަހިކޮށްދިނުން

  9. މިނިސްޓްރީން ރާވާ އެކިއެކި ޖަލްސާތަކުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އިންޓަނޭޝަނަލް މީޑިޔާ އިން ނިއުސްކޮންފަރަންސްއަކަށް އެދިއްޖެ ހިނދެއްގައި އެފުރުސަތު ފަހިކޮށްދެވޭނެމަގު ތަނަވަސް ކޮށްދިނުމާއި ނިއުސްކޮންފަރަންސްގެ އިންތިޒާމް ހަމަޖައްސައި ދިނުން

  10. މިނިސްޓްރީން ރާވާ އެކިއެކި ޖަލްސާތަކުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ލޯކަލް މީޑިޔާއިން ބަސްދީގަތުމަކަށް އެދިއްޖެ ހިނދެއްގައި އެފުރުސަތު ފަހިކޮށްދެވޭނެމަގު ތަނަވަސް ކޮށްދިނުމާއި ބަސްދީގަތުން ހަމަޖައްސައި ދިނުން

  11. ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިނިސްޓްރީއާއި ގުޅުންހުރި އެކި ޖަލްސާތަކުގެ މަޢުލޫމާތު އާންމުރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށްޓަކައި މިނިސްޓްރީން ރާވާ ނިއުސްކޮންފަރަންސް ތަކަށް ދަޢުވަތު އެރުވުމާއި ނިއުސްކޮންފަރަންސްގެ އެންމެހާ ކަންތަށް ރާވާ ހިންގުން.

  12. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހާ ކަންތައްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

ނުވަތަ؛

  1.  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ' ސެޓްފިކެޓް އިމްތިޙާނުގައި' ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމެންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމެންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ

ޕްރިފަރޑް ޑިސިޕްލިން

 - ފޮރިން ރިލޭޝަންސް

 - ޕަބްލިކް ޕޮލިސީ

 - ޖަރނަލިޒަމް

 - މާކެޓިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން - 

ފޮރިން ރިލޭޝަންސް - 

 މެނޭޖްމެންޓް - 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

  2. ވަޒީފާއަށް އެދޭ ފޯމްގެ ލިންކް: https://bit.ly/3rEcfWl

  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  5. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  7. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ. 

    (ހ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

    ނޯޓް: ބައިނަލްއަޤުވާމީ ޖަމުޢިއްޔާ/ޖަމާޢަތެއް ކަމުގައި ބަލާނީ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމުޢިއްޔާ/ޖަމާޢަތަކަށްވާ ނަމައެވެ.

    (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" (މި ފޯމު ތިރީގައިވާ ލިންކް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) ލިންކް: https://bit.ly/3V8Jyyb

    (ޅ) ކިޔެވުމުގެ މަރުޙަލާގައި ނުވަތަ ކޯހުގެ ބޭނުމަށް ފުރިހަމަކޮށްފައި ހުންނަ އިންޓަރންޝިޕް ފިޔަވައި އެހެނިހެން އިންޓަރންޝިޕް ޕްރޮގްރާމުތަކުގެ މުއްދަތަށް، މިއުޞޫލުގައި ބަޔާންކޮށްފައި ވާގޮތުގެ މަތިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޕޮއިންޓުދެވޭނެއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވާނަމަ އެ އިންޓަރންޝިޕްގެ މުއްދަތު، މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލާ ޕޮއިންޓްދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެބައިތައް

ޕޮއިންޓު

އިންސައްތަ (%)

ކެޓެގަރީގެޖުމުލަ އިންސައްތަ

ތަޢުލީމާއި ތަޖުރިބާ

ޝަރުތު ހަމަވުމަށް ބޭނުންވާ ސަނަދައްވުރެ މަތީ ސަނަދެއް އޮތްނަމަ ދެވޭ ޕޮއިންޓް (ލެވެލް 5 ގެ ސަނަދެއްނަމަ 5 ޕޮއިންޓް، ލެވެލް 6 ގެ ސަނަދެއްނަމަ 10 ޕޮއިންޓް އަދި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ 15 ޕޮއިންޓް)

15

 

 

 

 

20

 

 

 

 

 

20

 

ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް (ގިނަވެގެން 5 ޕޮއިންޓް، އަހަރަކަށް 1 ޕޮއިންޓް)

5

ލިބިފައިވާ ހުނަރު

އިމްތިޙާން (މާކްސް)

100

40

80

ޕްރެޒެންޓޭޝަން

50

10

އިންޓަރވިއު

50

30

ޖުމުލަ

220

100

100

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %45 (ސާޅީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރ 2022 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭނީ ތަޢުލީމާއި، މަސަތްކަތުގެ ތަޖުރިބާ އަދި އެސެސްމަންޓްގެ ނަތީޖާއަށް ބަލައިގެން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތަކެވެ.

އިމްތިޙާނާއި، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި  ޕްރެޒެންޓޭޝަން އޮންނާނީ، 23 އޮކްޓޯބަރ 2022 އިން 8 ނޮވެމްބަރ 2022) އާ ދެމެދުގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

ދިމާވާ ޙާއްސަ ހާލަތްތަކާއިގުޅިގެން އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި މިނިސްޓްރީ އިން އަންގާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި މިނިސްޓްރިގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023941/3023939 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

13 ރަބީޢުލްއައްވަލް 1444

9 އޮކްޓޯބަރ 2022

09 އޮކްޓޫބަރު 2022
ހޯދާ