|
އިޢުލާން
ތިރީގައިވާ މަޤާމަށް ކުރެވުނު އިޢްލާން (ނަންބަރު:10/2014IUL//GS54) ގައިވާ މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާނުކުރަމެވެ.
|
|
ވަޒީފާގެ ފުރުސަތު
|
|
މަޤާމު:
|
އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ
|
|
ބޭނުންވާ އަދަދު:
|
1
|
|
ރޭންކް:
|
އެމް.އެސް 02
|
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
|
މުސާރަ:
|
-/6295
|
|
ސަރވިސް އެލަވަންސް:
|
-/2000
|
|
ގިންތި:
|
ދާއިމީ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހުޅުދޫ ސްކޫލް، އައްޑޫ
|
|
|
ޝަރުޠު:
1- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
2- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
3- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
4- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
- ސްކޫލްގެ ބަޖެޓް ޕްލޭންކޮށް، މާލިއްޔަތު ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޒު ކުރުން.
- ސްކޫލްގެ އިދާރީ ކަންތައްތައް، ޕްރިންސިޕަލުގެ ލަފާގެމަތީން މުވައްޒަފުން ލައްވައި ކުރުވުން.
- ސްކޫލްގެ މެއިންޓެނަންސް މަސައްކަތްތައް، ޕްރިންސިޕަލުގެ ލަފާގެމަތީން ކުރުވުން.
- ތިމާގެ ދަށުގައި ތިބޭ މުވައްޒަފުންނާއި ލިޔުމުން މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސައްކަތް އެ މުވައްޒަފުން ކުރައްވަމުންދާ މިންވަރާއި ފެންވަރު ވަޒަންކޮށް، އެޕްރައިޒަލް ފޯމް ފުރުމާއި، އޭގެ މަޢުލޫމާތު އެ މުވައްޒަފުންނަށާއި ސްކޫލުގެ އިސްވެރިޔާއަށް ގަވއިދުން ދިނުމާއި، މުވައްޒަފުންގެ މަސައްކަތް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް، ޕްރިންސިޕަލްގެ ލަފާގެމަތީން ގަވައިދުން އަޅަމުން ދިއުން.
- ސްކޫލުގެ ގޯއްޗާއި، ސްކޫލާއި ގުޅިފައިވާ މަގުތަކުގެ ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުވުމާއި، ސްކޫލުގެ ޢިމާރާތްތަކާއި އެހެން ތަންތަން ދުވަހުން ދުވަހަށް ފޮޅައި ސާފުކޮށް ރަނގަޅަށް ބެލެހެއްޓޭކަން ކަށަވަރުކުރުން.
|
|
ޢިނާޔަތްތައް:
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ) އަދި މަސައްކަތް ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތި ލާފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު).
|
|
ސުންގަޑި:
މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 10 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމު، މަތީގައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެއެވެ.
|
|
އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:
ފޯން: 6894068 ފެކްސް: 6894574 އީމެއިލް: [email protected]
|
|
4 މުޙައްރަމް 1436
|