ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ" ފަރުމާކޮށްދޭނެ ކޮންސަލްޓެންޓެއް ހޯދުން

1. ތަޢާރުފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މި ގާނޫނުގެ 52 ވަނަ މާއްދާގައި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށާއި، އެކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށާއި، ގެވެށިއަނިޔާގެ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށާއި، ފުލުހުންނާއި ޞިއްޙީ ޚިދުމަތްދޭ ފަރާތްތައް ފަދަ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމާއި، ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދީ،  އެންމެ ކުރީ ސަފުގައި، ޤައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ. މި އޮތޯރިޓީގެ ތަސައްވުރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

މި އޮތޯރިޓީއިން، ގެވެށި އަނިޔާއަށް އާންމުންނާއި، މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތެއްގައި ހާސިލުކުރުމަށްޓަކައި އަދި މި މަސައްކަތްތައް ވީހާވެސް "ސްޓްރެޓީޖިކް" ކޮށް ކުރިޔަށް ގެންދިއުމަށްޓަކައި ފާއިތުވެދިޔަ 6 (ހައެއް) އަހަރު ތެރޭގައި 2 (ދޭއް) މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭންއެއް ("މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން 2016 – 2018" އަދި "މީޑިއާ އެންޑް އެޑްވޮކަސީ އެކްޝަން ޕްލޭން 2020 – 2022") ވަނީ އެކުލަވާލާފައެވެ. ދިވެހިރާއްޖޭގެ މުޖްތަމައުގައި ހިނގަމުންދާ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ފޯރުކޮއްދޭން ބޭނުންވާ މައުލޫމާތު ތަފާތު އެކި އާބާދީތަކަށް އެންމެ އެކަށީގެންވާ ގޮތްގޮތަށް ފޯރުކޮށްދެވުމަކީ ވެސް މިކަހަލަ ޕްލޭނެއް އެކުލަވާލުމުގެ ވަރަށް މުހިންމު އަމާޒެކެވެ. ވުމާއެކު، އޮތޯރިޓީއިން ކުރިޔަށްގެންދާ މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް އޮތް 3 (ތިނެއް) އަހަރު ދުވަހަށް "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ  ސްޓްރެޓަޖީ 2023 – 2025" އެއް އެކުލަވާލަދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

2. ކޮންސަލްޓަންޓުގެ މަސްއޫލިއްޔަތު

މިކޮންސަލްޓަންސީގެ މައިގަނޑު މަޤްޞަދަކީ ތަފްސީލީ "ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ2023 - 2025" އެއް ފެމީލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އެކުލަވާލުމެވެ. މި ސްޓްރެޓަޖީ ޤާއިމު ކުރާއިރު މަސައްކަތްތައް ކުރިއަށްގެންދާނެ ފުރިހަމަ ވޯރކްޕްލޭނެއް އަދި މެތޮޑޮލޮޖީއެއް ބަޔާންކުރަން ވާނެއެވެ.

މި އިޢުލާނުގައިވާ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންސަލްޓަންޓްގެ ވަކިވަކި މަސްއޫލިއްޔަތު ތިރީގައި އެވަނީއެވެ.

2.1. އިންސެޕްޝަން ރިޕޯޓް ތައްޔާރުކުރުން:

2.1.1 މިހާތަނަށް މި އޮތޯރިޓީއިން ކޮށްފައިވާ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތްތަކުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރެވިފައިވާ މިންވަރު ދެނެގަނެ، މިހާރުގެ ރާއްޖޭގެ ހާލަތަށް ބިނާކޮށް، ގެވެށި އަނިޔާއަށް ހޭލުންތެރިކުރުވުމުގައި އަލިއަޅުވާލަން ޖެހޭ މުހިއްމު އޭރިއާތަކާއި، ޚާއްޞަ ކުރަން ޖެހޭ "ޓާރގެޓް" ގުރޫޕްތައް އިންސެޕްޝަން ރިޕޯރޓުގައި ހުށަހަޅަންވާނެއެވެ.

2.1.2. މި ކޮންސަލްޓަންސީ އިން ބޭނުން ކުރާނެ މެތޮޑޮލޮޖީ އަކީ ކޮބައިކަން މި އިންސެޕްޝަން ރިޕޯރޓުގައި ފާހަގަ ކުރަން ވާނެއެވެ. ކުރިން މިކަހަލަ މަސައްކަތްތައް އެހެން ގައުމުތަކުގައި ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 'ބެސްޓް ޕްރެކްޓިސަސް' މުރާޖަޢާކޮށް، އޭގެ މައްޗަށް ބިނާކޮށް އެފަދަ ޕްރޮގްރާމްތައް ރާއްޖޭގެ މާހައުލަށް ގެނެވޭނެ ޕްލޭނެއް ބަޔާން ކުރަންވާނެއެވެ. އެކި އުމުރު ފުރާތަކަށް އެންމެ އެކަށީގެންވާ ޕްރޮގްރާމް ތަކަކީ ކޮބައިކަން ދެނެގަނެ، އެކި އުމުރު ފުރާތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެ އުފެއްދުންތެރި ގޮތްތައް ދިރާސާކޮށް ހިމަނަންވާނެއެވެ. މީގެ އިތުރުން، ގުޅުންހުރި މުއައްސަސާތަކުގެ މަޝްވަރާއާއި "ފޯކަސް ގްރޫޕް ޑިސްކަޝަން"ތައް  މެދުވެރިކޮށް، ފާހަގަކުރެވުނު ކަންކަން ރިޕޯޓުގައި ހިމަނަންވާނެއެވެ.

2.2. ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ އެއް ގާއިމުކުރުން:

2.2.1. ކުރިއަށް އޮތް 3 (ތިނެއް) އަހަރު ތެރޭގައި އޮތޯރިޓީއިން ކުރިޔަށް ގެންދާނެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ހާއްސަ ކުރަންވީ "ސްޓްރެޓީޖިކް ގޯލްސް"ތައް ފާހަގަ ކުރަންވާނެއެވެ. އަދި މި ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި މަސައްކަތްތައް އަމާޒުކުރަން ޖެހޭ ދާއިރާތަކާއި އާބާދީތައް ފާހަގަކުރަންވާނެއެވެ. އަދި އެކި އުމުރުފުރާތަކާއި އާބާދީތަކަށް މައުލޫމާތު ފޯރުކޮށްދޭނެ އެންމެ އެކަށޭނެ ގޮތްތައް ހިމަނަންވާނެއެވެ.

2.3. މޮނިޓަރިންގ، އިވޭލުއޭޝަން އެންޑް ލަރނިންގ ފްރޭމްވަރކް އެއް އެކުލަވާލުން:

2.3.1. ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ ކުރިއަށް ގެންދަނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބެލުމަށް މޮނިޓަރިން އެންޑް އިވޭލުއޭޝަން ފްރޭމްވަރކް އެއް ތައްޔާރު ކުރާއިރު، މި ސްޓްރެޓަޖީގެ ދަށުން ކުރެވޭނެ މަސައްކަތްތަކުގެ އިމްޕެކްޓް އެސެސް ކުރާނެ ގޮތުގެ ޓޫލް އެއްވެސް ހިމަނަންވާނެއެވެ. މި ޓޫލް އުފެއްދުމުގައި އެހެން ގައުމުތަކުން ބޭނުންކޮށްފައިވާ ޓޫލްތައް އަދި އިވަލުއޭޝަންތައް މުރާޖާ ކުރެވި، ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވާ ޓޫލްއެއް އެކުލަވާލުން ވަރަށް މުހިންމެވެ. މި ޓޫލްގައި  މޮނިޓަރިން އިންޑިކޭޓަރސްއާއި މޮނިޓަރިން އަދި އިވޭލުއޭޝަން ފްރިކުއެންސީ ފާހަގަ ކުރަން ވާނެއެވެ.

3. މަސައްކަތުގެ ތެރެއިން ހާސިލް ކުރުމަށް ކަނޑައެޅިފައިވާ ޑެލިވަރަބަލްތައް

3.1. މި ސްޓްރެޓަޖީއާ ގުޅޭގޮތުން އިންސެޕްޝަން ރިޕޯޓެއް އެކުލަވާލުން

3.2. ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ ސްޓްރެޓަޖީ އެކުލަވާލުން

3.3. މޮނިޓަރިންގ، އިވޭލުއޭޝަން އެންޑް ލަރނިންގ ފްރޭމްވަރކް އަދި ޓޫލް އެކުލަވާލުން

4. އިތުރު މައުލޫމާތު

4.1. މި މަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ.

4.2. މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

5. ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ. އެގޮތުން، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަރސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއްނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، މާސް މީޑިއާ، ކޮމިއުނިކޭޝަން، މާރކެޓިންގް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ، ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، މާސް މީޑިއާ، ކޮމިއުނިކޭޝަން، މާރކެޓިންގް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންވާނެއެވެ.މީގެ އިތުރުން، ތަޖުރިބާ އަށް ޕޮއިންޓް ދިނުމުގައި ސޯޝަލް ސައެންސް ގެ ދާއިރާއިން އެޑްވޮކަސީ މަސައްކަތްކުރުމުގައި މަދުވެގެން 3 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޕޮއިންޓް ދެވޭނީ ކުރިމަތިލާ ފަރާތުގެ މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅާފައިވާނަމަ އެވެ. ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ.

25%

ތައުލީމު: މަސައްކަތަށް ކުރިމަތިލާ ފަރާތުން މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، މާސް މީޑިއާ، ކޮމިއުނިކޭޝަން،  މާރކެޓިންގް ނުވަތަ ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް (މާސްޓާސް ޑިގްރީ) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި  ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ. އެގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ. މާކްސް ދެވޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ.

ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ.

20%

ޓެކްނިކަލް ޕްރޮޕޯސަލް: ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މިގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯސަލްގައި ހުށަހަޅާ މެތަޑޮލޮޖީގެ މައްޗަށެވެ.

35%

ފައިނޭންޝަލް ޕްރޮޕޯސަލް: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

20%

ކޮންސަލްޓަންޓު ހޮވުމުގައި މަތީގައިވާ ތާވަލުގައި ބަލާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޭތުވެދިޔަ 5 (ފަހެއް) އަހަރުތެރޭގައި އޮތޯރިޓީއަށް މިފަދަ ޚިދުމަތް ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން މި މަސައްކަތަށް ކުރިމަތިލައިފިނަމަ، މާކްސް ދެވޭނީ ހުށަހަޅާ ޕްރޮޕޯސަލްގެ އިތުރުން ޚިދުމަތް ފޯރުކޮށްދިން މުއްދަތުގައި އެ ފަރާތަކުން މަސައްކަތްކޮށްފައިވާ ފެންވަރާއި، މަސައްކަތްކޮށްފައިވާ ގޮތަށް ބެލުމަށް ފަހުއެވެ.

ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

5.1 މެތޮޑޮލޮޖީ

5.1.1. ޓެކްނިކަލް ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ އެކަށީގެންވާފަދަ މެތޮޑޮލޮޖީއެއްކަން (ޖަސްޓިފިކޭޝަން) ދައްކައިދޭންވާނެއެވެ.

5.1.2. ހުށަހަޅާ މެތޮޑޮލޮޖީ ތައްޔާރުކުރެވިފައިވަނީ މި ކޮންސަލްޓަންސީ މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެފަދަ ގޮތަކަށްތޯ ބެލެވޭނެއެވެ.

5.1.3. ހުށަހަޅާ މެތޮޑޮލޮޖީ ކަނޑައެޅިފައިވާ މުއްދަތުތެރޭގައި މަސައްކަތް ނިންމޭނެފަދަ ގޮތަކަށްތޯ ތައްޔާރު ކުރެވިފައިވާ މެތޮޑޮލޮޖީއެއްތޯ ބެލެވޭނެއެވެ.

5.2 ވާރކް ޕްލޭން

5.2.1. ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމޭނެފަދަ ގޮތަކަށް ހަރަކާތްތައް ރޭވިފައިވާންވާނެއެވެ.

5.2.2. އޮތޯރިޓީއިން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާފަދަގޮތަކަށް ތައްޔާރުކުރެވިފައިވާ ވާރކް ޕްލޭނަކަށް ވާންވާނެއެވެ.

6. މަސައްކަތުގެ މުއްދަތު

6.1. މިމަސައްކަތުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން ޖުމްލަ 50 (ފަންސާސް) ދުވަހެވެ.

7. ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ.

ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

7.1. ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު

7.1.1. އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

7.1.2. ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެ ކޮޕީ.

7.1.3. ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.

7.1.4. މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. އެ ގޮތުން މި މަޢުލޫމާތު ޝީޓުގެ 5 ވަނަ ނަންބަރުގައި ތަޖުރިބާ އަށް ޕޮއިންޓު ދިނުމުގައި ބަލާނެ ކަންކަމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށް އެފަދަ ތަޖުރިބާ ލިބިފައިވާކަން ހާމަވާނެ ފަދަ ލިޔުންތައް ހެއްކާއެކީ ހުށަހަޅަންވާނެއެވެ.

7.1.5. މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް، މީޑިއާ، މާރކެޓިންގ ނުވަތަ ގުޅުންހުރި ދާއިރާތަކުން މާސްޓަރޒް ޑިގްރީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި  ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ.

7.1.6. ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.

7.1.7. ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.

7.2. ޓެކްނިކަލް ޕްރޮޕޯސަލް

7.2.1. މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.

7.2.2. މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ. އަދި ވޯކްޕްލޭން ތައްޔާރުކުރާއިރު އޮތޯރިޓީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް މި މަސައްކަތްތައް ރަސްމީ ދުވަސްތަކަށް ފެތޭ ގޮތަށް ޓައިމްލައިން ރޭވުމަށް ސަމާލުވާންވާނެއެވެ.

7.3. ފައިނޭންޝަލް ޕްރޮޕޯސަލް

7.3.1. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަގު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

8. ފައިސާ ދޫކުރުން

8.1. މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.

9. ކޮންފްލިކްޓް އޮފް އިންޓްރެސްޓް:

9.1. ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ނުވަތަ އޮތޯރިޓީގެ ބޯޑު މެމްބަރަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.

10. އިތުރު މައުލޫމާތު:

10.1. އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 17 އޮކްޓޫބަރު 2022 ގެ 13:00 ގެ ކުރިން ލިޔުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11. ޕްރޮޕޯސަލް ހުށަހެޅުން:

11.1. ޕްރޮޕޯސަލް ހުށަހެޅުން: 19 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 11:00 އަށް.

11.2. ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)

11.3. ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް މި ބިޑުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

09 އޮކްޓޫބަރު 2022
ހޯދާ