ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ (ގްރޭޑް 1)

މަޤާމު:ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ  (ގްރޭޑް 1)

ބޭނުންވާ އަދަދު: 01

މުސާރަ: -/8,860 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

 

މަޤާމުގެ މަސްއޫލިއްޔަތު: މި އޮފީހުގައި ޤާއިމު ކުރެވިފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކާއި ނެޓްވޯރކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން.

 

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ އާއި އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

 

04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ