އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ކުނބުރުދޫ ކައުންސިލް އިދާރާއަށް ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޓީވީ އަދި އޭސީއެއް ގަންނަން ބޭނުންވެއްޖެ

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ލެޕްޓޮޕް، ޓީވީ އަދި އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން

* މި ބިޑާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ. ނުވަތަ މި ކައުންސިލްގެ އީމެއިލް އެޑްރެހަށް އީމެއިލް ކުރައްވައިގެން މަޢުލޫމާތު ކަރުދާސް ހޯއްދެވުން އެދެމެވެ.

* ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ/ ނަންނޯޓު ކުރަންވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

* ބިޑް ހުޅުވުން އޮންނާނީ 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:30 ގައި، ކުނބުރުދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

* ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ. 

06 އޮކްޓޫބަރު 2022
ހޯދާ