ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

                           

ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ފ އަދި ދ އަތޮޅުގައި ޤާއިމު ކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

   ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ރެޖިސްޓްރޭޝަން: 10 އޮކްޓޯބަރު 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00  ގެ ކުރިން [email protected]  އަށް މެއިލް ކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.

  • ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން
  • ގުޅޭނެ ނަންބަރު އަދި އީމެއިލް
  • ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރައްވާނެ ފަރާތް އަދި މަޤާމް
  • ބީލަމުގެ އިޢުލާނު ނަންބަރ

ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

  • ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ،13 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ.

6 ވަނަ ފަންގިފިލާ

އެފް އެސް އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ

މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.  

06 އޮކްޓޫބަރު 2022
ހޯދާ