ދިވެހިރާއްޖެ
އދ. ލޮނުބޮއި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މިކައުންސިލްގެ ނަންބަރު: (IUL)234-C/234/2022/04 (30 ޖެނުއަރީ 2022) އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރީމެވެ.
މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.ލޮނުބޮއި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް މިކައުންސިލްގައި ރަޖިސްޓްރީވުން: 11 އޮކްޓޯބަރ 2022ގެ ނިޔަލަށް
- ޕްރޮޕޯސަލް ހުށަހެޅުން: 16 އޮކްޓޯބަރ 2022 ގެ 11:30 ގެ ކުރިން
- ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން: 16 އޮކްޓޯބަރ 2022 ގެ 11.30 ގައި މިއިދާރާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައި
މިރަށާއިގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680507 ނަންބަރަށެވެ.
06 އޮކްޓޯބަރ 2022
10 ރަބީޢުލްއައްވަލު 1444
ޢަލީ ނަޞީރު
އދ.އަތޮޅު ކައުންސިލްގެ ރައީސް