ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން، އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

ރިނިއުބަލް އެނާރޖީ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • ރިނިއުބަލް އެނާރޖީ އާއި ގުޅުން ހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ސޯލާ ހަރުކުރަން ސައިޓް ސާރވޭކޮށް މެޓީރިއަލް ލިސްޓް ތައްޔާރުކުރުން.
  • ރައްރަށުގެ ކެޕެސިޓީ އަންދާޒާކޮށް ރިޕޯޓް ތައްޔާރުކުރުން.
  • ސޯލާ ޕެނަލް ހަރުކޮށް ކަރަންޓުދިނުމާއި ކުރަންޖެހޭ ހުރިހާ ޓެސްޓްތަކެއް ކުރުން.
  • ބެޓަރީ އެނާރޖީ މެނޭޖްމަންޓް ސިސްޓަމް އިންސްޓޯލްކުރުމާއި ދިމާވާ މައްސަލަ ހައްލުކުރުން.
  • ރޫޓިންގ އިންސްޕެޝަން އަދި ޓެސްޓިންގ ހެދުން.
  • ސޯލާ ސިސްޓަމުގައި ދިމާވާ ހުރިހާ މައްސަލަތަކެއް ހޯދާ ރަނގަޅުކުރުން.
  • އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓްގެ ޑާޓާ ކަލެކްޓް ކުރުމާއި ރެކޯރޑްސް ބެލެހެއްޓުން.
  • ސޯލާ ސްޓޮކް އޯޑަރ ކުރުމާއި މޮނިޓަރކޮށްބެލެހެއްޓުން.
  • މާކެޓްގައި އަލަށް ނުކުންނަ ސޯލާ ޕްރޮޑަކްޓްސް ބަލައި މޮނިޓަރ ކުރުން.
  • ހަކަތައިން ކަރަންޓް އުފައްދާ އެހެނިހެން ސިސްޓަމްތައް ރިސާރޗްކުރުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

ރިނިއުބަލް އެނާރޖީ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

ރިނިއުބަލް އެނާރޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ރިނިއުބަލް އެނާރޖީ އާ ގުޅުންހުރި ޕްރޮޖެކްޓްސްތައް ޕްލޭންކުރުމަށް ބޭނުންވާ ޑާޓާ އެނަލިސިސް ހެދުމާއި ޓެކްނިކަލް ފޯކާސްޓްތައް ހެދުން.
  • ރިނިއުބަލް އެނާރޖީ އާ ގުޅުންހުރި ޕްރޮޖެކްޓްސްތަކަށް ބޭނުންވާ ސައިޓް ސާރވޭ ހަދާ އަދި ބޭސިކް ޑިޒައިން ސްޓަޑީ ހެދުން.
  • ރިނިއުބަލް އެނާރޖީ އާ ގުޅުންހުރި މަސައްކަތްތައް ޑިޕާޓްމަންޓްގެ އިސްވެރިންގެ އިރުޝާދާއެކު ކުރުމާއި އަދި ކުރުވުން.
  • ކުންފުނީގެ ފަރާތުން ހިންގާ އިންޖީނުގެތަކާއި ރިނިއުބަލް އެނާރޖީ ޕްރޮޖެކްޓްސްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ޓެންޑަރ ޑޮކިއުމެންޓް އަދި ބީ.އޯ.ކިއު ތައްޔާރުކުރުން.
  • ހަވާލުކުރެވިފައިވާ ޕްރޮޖެކްޓްސް ތައް ހިންގާ ރަށްރަށައް ގޮސް ދިމާވާ މައްސަލަ ހައްލުކޮށް ޕްރޮޖެކްޓްތަކުގެ ސައިޓް ސްޕަވައިޒްކުރުން.
  • ސޯލާ ހަރުކުރަން ސައިޓް ސާރވޭކޮށް މެޓީރިއަލް ލިސްޓް ތައްޔާރުކުރުން.
  • ރައްރަށުގެ ކެޕެސިޓީ އަންދާޒާކޮށް ރިޕޯޓް ތައްޔާރުކުރުން.
  • ސޯލާ ޕެނަލް ހަރުކޮށް ކަރަންޓުދިނުމާއި ކުރަންޖެހޭ ހުރިހާ ޓެސްޓްތަކެއް ކުރުން.
  • ބެޓަރީ އެނާރޖީ މެނޭޖްމަންޓް ސިސްޓަމް އިންސްޓޯލްކުރުމާއި ދިމާވާ މައްސަލަ ހައްލުކުރުން.
  • ރޫޓިންގ އިންސްޕެޝަން އަދި ޓެސްޓިންގ ހެދުން.
  • ސޯލާ ސިސްޓަމުގައި ދިމާވާ ހުރިހާ މައްސަލަތަކެއް ހޯދާ ރަނގަޅުކުރުން.
  • އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓްގެ ޑާޓާ ކަލެކްޓް ކުރުމާއި ރެކޯރޑްސް ބެލެހެއްޓުން.
  • ސޯލާ ސްޓޮކް އޯޑަރ ކުރުމާއި މޮނިޓަރކޮށްބެލެހެއްޓުން.
  • މާކެޓްގައި އަލަށް ނުކުންނަ ސޯލާ ޕްރޮޑަކްޓްސް ބަލައި މޮނިޓަރ ކުރުން.
  • ހަކަތައިން ކަރަންޓް އުފައްދާ އެހެނިހެން ސިސްޓަމްތައް ރިސާރޗްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

13 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 13 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

10 ރަބީޢުލްއައްވަލް 1444

06 އޮކްޓޫބަރު    2022

06 އޮކްޓޫބަރު 2022
ހޯދާ