ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުސަތު

މަޤާމު: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1

ރޭންކް: އެމް.އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ  

މުސާރަ: -/7035 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، ލ.ގަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން/ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކުގެމަތިން މުވައްޒަފުންގެ ކަންކަން (ވަޒީފާއާ ގުޅުންހުރި ކަންކަން) ސްކޫލުގެ އިސްވެރިޔާގެ ލަފާގެމަތިން ބަލަހައްޓަމުން ގެންދިއުން.

2- ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި، އެޕެރައިޒްކުރުން.

3- މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ޤަވާއިދުން އަޕްޑޭޓް ކުރަމުންދާކަން ކަށަވަރުކުރުން.

4- މުވައްޒަފަކު ވަޒީފާގެ މަސްޢޫލިއްޔަތަށް އިހުމާލުވެ، ފަރުވާކުޑަވެ ނުވަތަ ސިވިލް ސަރވިސްގެ ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ސްކޫލުން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފުވާނަމަ، އެކަމެއް އިސްލާޙުކުރުމުގެގޮތުން ޤަވާއިދުން ފިޔަވަޅު އަޅައި ރެކޯޑްކުރުން.

5- ކޮންމެ އަހަރެއްގެ ދެވަނަ ސެމެސްޓަރގެ ބްރޭކުގެ ކުރިން ޓީޗަރ ރިކުއަރމަންޓް ސަމަރީ ތައްޔާރުކުރުން.

6- ބިދޭސީ ޓީޗަރުންގެ ދަތުރުތަކާއި ސްކޫލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ބަޖެޓް ސެކްޝަނާ ވާހަކަ ދައްކައިގެން ހަމަޖެއްސުން.

7- މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާ ގުޅުންހުރި ކަންކަން، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަމުން ގެންދިޔުން.

8- ސިވިލް ސަރވިސްގެ ޤަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކަން ކަށަވަރުކުރުން.

9- އިތުރުގަޑީ ހާޒިރީ ޗެކުކުރުން.

10- ސްކޫލްގެ ސެކިއުރިޓީ ކަންތައްތައް ޤަވާއިދުން ބަލަހައްޓަައި، ތަނުގެ ޢިމާރާތާއި މުދަލާއި ތަކެތި އެންމެ ފުރިހަމަ ރައްކާތެރިކަމުގައި ބެލެހެއްޓޭކަން ކަށަވަރުކުރުން.

11- އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި، އެކަން ބެލެހެއްޓުން.

12- މުވައްޒަފުން ލެއްވުމާއި، ވަކުކުރުމާ ބެހޭގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން، ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން.

13- ސްޓޮކަށް ލިބޭ ތަކެއްޗާއި، ހޯދަންޖެހޭ ތަކެތި ހޯދުމުގައި އެންމެހައި ކަންތައްތައް ވަކި މުވައްޒަފަކާ ހަވާލުކޮށްގެން، ފައިސާއާބެހޭ ސެކްޝަނުގެ މަޝްވަރާގެމަތިން ހޯދައި، ލިބިދިނުން.

14- ޕަބްލިކް ރިލޭޝަންސާ ގުޅޭ ކަންކަން ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިޔުމާއި، ސްކޫލުން ރާވާ އިންތިޒާމްކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމްކޮށް ކުރިއަށްގެންދިއުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައި ކުރުވުމާއި، އެއްބާރުލުން ދިނުން.

15-  ސްކޫލުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެ ގޮތެއްގެމަތިން، ސްކޫލްގެ އިސްވެރިޔާ އަންގާ ގޮތެއްގެމަތިން، ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

16-  ސްކޫލުގެ ޔައުމިއްޔާއާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.

17-  ބައްދަލުވުންތަކުގެ ނޯޓިސްއާއި ހާޒިރީއާއި އެޕޮއިންޓްމެންޓްތައް ޤަވާއިދުން ބެލެހެއްޓެމުންދާކަން ކަށަވަރުކުރުން.

18-  ސިވިސް ސަރވިސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙްތިރާމްކުރުމާއި، އޭގައި ބަޔާންކުރާގޮތަށް ޢަމަލުކުރުން.

ޝަރުޠު:                                                                                              

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.                               

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއުކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޙަމަދު ސްކޫލް އޮފީހުން ލިބޭނެއެވެ. އަދި ސިވިސް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

-  ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ނޮވެންބަރު 5 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ނަންބަރު 6800012 ފޯނަށް ގުޅުން އެދެމެވެ.

 2 މުޙައްރަމް 1436

 

26 އޮކްޓޫބަރު 2014
ހޯދާ