ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 އޮކްޓޫބަރު 2022 09:49 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
- މިކޯޓުގައި ހުރި 3549 ފައިލް ވިލިނގިލިޔަށް ގެންދިޔުމުގެ މަސައްކަތް:
މިކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގގެ ގްރައުންޑު ފްލޯގައި ހުރި 3500 ކަރުދާސް ފައިލް އަދި 49 ބޮކްސް ފައިލް ވިލިނގިލީގައި ހުންނަ ޖުޑީޝަލް އެކަޑަމީގައި ޤާއިމް ކުރެވިފައިވާ އަރުޝީފަށް ގެންގޮސް މިކޯޓުން ދައްކާ ތަންތަނުގައި މިކޯޓުންދޭ އިރުޝާދާއި އެއްގޮތަށް ބަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިދެންނެވުނު މަސައްކަތާއިގުޅިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3008581 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރުން މިކޯޓުގެ ޕްރޮކިއުމަންޓް ސެކްޝަންގެ މެއިލް: [email protected] އަށް ކޯޓޭޝަނާއިއެކު ދެންނެވިފައިވާ ޑޮކިއުމަންޓްސް މެއިލް ކޮށްދެއްވުން އެދެމެވެ. މިމުއްދަތުގެ ފަހުން ފޮނުވާ ކޯޓޭޝަން ބަލައެއްނުގަނެވޭނެއެވެ.
10 ރަބީޢުލްއައްވަލް 1444
06 އޮކްޓޯބަރ 2022