އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޕޮލިޓެކްނިކްގެ އިރުން އޮންނަ 471 ނަމްބަރ ކޮށީގައި ބަހައްޓާފައިވާ މުދާތައް ނަގާ ބިން ހުސްކުރުން

އިޢުލާން

ޕޮލިޓެކްނިކްގެ އިރުން އޮންނަ 471 ނަމްބަރ ކޮށީގައި ބަހައްޓާފައިވާ  މުދާތައް ނަގާ ބިން ހުސްކުރުން

ޕޮލިޓެކްނިކްގެ އިރުން އޮންނަ 471 ނަމްބަރ ކޮށްޓަކީ އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާ ކައުންސިލްގެ ބިމެކެވެ. ނަމަވެސް މިބިމުގައި ދަގަނޑުން ގުދަނެއް ހަދާ މުދާފަދަ ތަކެތި ބަހައްޓާފައިވާކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން މިއިދާރާގެ އިންސްޕެކްޓަރުން ބެލިބެލުމުން އެބިމުގައި ގުދަނެއްހަދާ މުދާތަކެއް ބަހައްޓާފައިވާކަމަށް ފާހަގަކުރެވިފައި ވެއެވެ. ވުމާއިއެކު މި މުދާތަކުގެ ވެރިފަރާތެއް ވާނަމަ  މިއަދުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެކަން މިއޮފީހަށް އަންގައި މި ބިމުގައިހުރި ގުދަނާއި، މުދާތައް ނެގުމަށްފަހު ބިން ސާފުކުރުމަށް އަންގަމެވެ.

މިމުއްދަތުގެ ތެރޭގައި މި ބިމުގައިހުރި މުދަލުގެ ވެރިފަރާތުން ބިމުގައި ޤަވާޢިދާއި ޚިލާފަށް ބަހައްޓާފައިވާ މުދާތައް ނަގާ ބިން ސާފުނުކޮށްފިނަމަ މިމުދަލަކީ ވެރިފަރާތެއް ނެތް މުދަލެއްކަމަށް ބަލައި، އާއްމު ތަންތަނާއި މަގުމައްޗަށް ދޫކޮށްލާފައިވާ ތެކެތި ނެގުމާއިބެހޭ ޤަވާޢިދު (ޤަވާޢިދު ނަމްބަރު 2019/R-984) ގައިވާގޮތުގެމަތީން މުދާތައް ނަގާ ބިން ސާފުކުރުމުގެ މަސައްކަތް މިއޮފީހުން ކުރިއަށް ގެންދާނެ ކަމަށާއި، މުދަލަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާނީ ކައުންސިލްގެ ހުއްދަނެތި އެބިން ބޭނުންކުރަމުންދާ ފަރާތްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10  ރަބީޢުލްއައްވަލު  1443ހ.

06 އޮކްޓޫބަރު 2022މ.

06 އޮކްޓޫބަރު 2022
ހޯދާ