އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ ޤަވާޢިދު 1-15އަށް ޢަމަލު ކުރުމާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ ޕްލޭނިންގ ޤަވާޢިދެއް ނެތް ރަށްރަށް ނުވަތަ ފަޅުގައި ޢިމާރާތް ކުރަންވީ ގޮތުގެ ޤަވާޢިދުގެ 1-15 ވަނަ މާއްދާގައި ދެމަގަށްވާގޮތަށް ކަންމައްޗަކަށް އޮންނަ ގޯއްޗެއްގައި ޢިމާރާތެއް ފަރުމާކުރުމުގައި މަގުގެ އިމާއި ގުޅިފައިވާ ގޯތީގެ ބައިން 12(ބާރަ) ފޫޓްގެ ރޭޑިއަސްއެއް ހަމަވާހެން،ކަން ވަށްކުރަންވާނެ ކަމަށް ބަޔާންކޮށްފައެވެ. ދެންނެވުނު ޤަވާޢިދަށް ޢަމަލުކުރަން ފަށާފައިވަނީ 14 އޮކްޓޫބަރު 2020 ގައެވެ.

ދެމަގަށް ހުންނަ ގޯތިތަކުގެ ކަންވަށްކުރަންޖެހޭތީއާއި ޒަމާނީ ފެންވަރަށް މަގުތައް ހަދަމުންދާއިރު ކަންވަށްނުކޮށްފިނަމަ މަގުތަކުން ދަތުރުކުރުމަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހޭނެތީ، ހިތަދޫ އަވަށުގެ ދެމަގަށް ހުންނަ ގޯތިތަކުގެ،މަގުގެ އިމާއި ގުޅިފައިވާ ކަން ޤަވާޢިދާއި އެއްގޮތަށް ވަށްކޮށް މިއަދުން ފެށިގެން 2 (ދެމަސް) ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައި އިޢުލާން ކުރަމެވެ.

09  ރަބީޢުލްއައްވަލު  1443ހ.

05  އޮކްޓޫބަރު    2022މ.

06 އޮކްޓޫބަރު 2022
ހޯދާ