މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ސަބްސްޓޭންޑަޑް ކޯފް ސިރަޕް އާއި ގުޅިގެން WHO އިން ނެރެފައިވާ އެލާރޓް އާއި ގުޅޭ

ނަންބަރު: 182-REG/CIR/2022/6  

އެލާރޓް

ސަބްސްޓޭންޑަޑް ކޯފް ސިރަޕް އާއި ގުޅިގެން WHO  އިން ނެރެފައިވާ އެލާރޓް އާއި ގުޅޭ

 

                                     އިންޑިޔާގެ ހަރިޔާނާ ސްޓޭޓް ގައި ހުންނަ Maiden Pharmaceuticals Limited އިން އުފައްދާ، ކުޑަކުދިންނަށް ދޭ ތިރީގައިވާ ކޯފް ސިރަޕް ގައި  diethylene glycol and ethylene glycol ހިމެނޭތީ ބޭސްތައް ތަގައްޔަރު ވެފައިވާ ކަމަށް ގެންބިޔާ އިން ވޯލްޑް ހެލްތް އޮގަނައިޒޭޝަން އަށް ރިޕޯރޓް ކޮށްފައިވާ ކަމަށް އެއޮގަނައިޒޭޝަން ގެ އެލާރޓް ނަންބަރު RPQ/REG/ISF/Alert N°6/2022 އިން ވަނީ އެލާޓް ކުރައްވާފައެވެ.  

                

                                     މިބޭސްތަކުގެ ދެންނެވިފައިވާ ބެޗް ތަކުގެ ރައްކާތެރިކަން ކަށަވަރުނުވާތީ، މިބޭސް ތަކުގެ ދެންނެވިފައިވާ ބެޗްތައް ބޭނުން ނުކުރުމަށް އެ އެލާރޓް ގައި ވަނީ ބަޔާން ކޮށްފައެވެ.                                           

                                     މިބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް  ލިސްޓް)ގައި  ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯރޓް ވުމުގެ ފުރުސަތު އޮތްކަމަށް ވާތީ، މިކަމަށް ސަމާލުވުމަށް ދެންނެވީމެވެ.

  

                                    އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު  ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މީގެ އިތުރުން މިބޭސްތަކާއި  ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރ:  7200321 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.

06 އޮކްޓޫބަރު 2022
ހޯދާ