ދިވެހިރާއްޖެ
މިއިދާރާގެ އިޢުލާން ނަންބަރ 289/289/2022/52(IUL) ގެ އިޢުލާން ބާތިލްކޮށް މަސައްކަތު މީހުންގެ މަޤާމަށް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާންކުރަމެވެ. |
|
މަޤާމު: |
މަސައްކަތު |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ބޭނުންވާ އަދަދު: |
2 |
ކޮންޓްރެކްޓްގެ މުއްދަތު: |
3 މަސް ދުވަސް |
އޮފީސް / އިދާރާ: |
ނ. ލަންދޫ ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނ. ލަންދޫ އައިލެންޑް ވޭސްޓްމެނޭޖްމަންޓް ސެންޓަރ |
މުސާރަ: |
މިނިމަމްވޭޖުގެ ދަށުން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/33.65 ( ތެއްތިރީސް ރުފިޔާ/ ފަސްދޮޅަސް ލާރި )
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1 – ލަންދޫގައި ރައްކާތެރިކަމާއެކު ކުނި ނައްތާލާ ނިޒާމުގެ ދަށުން ލަންދޫ ކައުންސިލްގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓްގެ މުވައްޒަފެއްގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން 2 - ލަންދޫގައި ޤާއިމުކުރެވިފައިވާ ރައްކާތެރިކަމާއިއެކު ކުނި ނައްތާލާ ނިޒާމްގެދަށުން ކުނިކޮށީގެ މަސައްކަތު މީހެއްގެ ގޮތުން މަސައްކަތް ކުރުން 3 – ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ ސްޕަވައިޒަރ ހަވާލުކުރާ މަސައްކަތް ކުރުން 4 - ކުނިގޮނޑުގައި އެކުނިތައް ރައްކާތެރިކަމާއިއެކު އަންދާލައިގެން ނައްތާލައި އަދި އެކަންކަން ކުނިކޮށީގައި އަދި ކުނިގޮނޑުގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން 5 – މި ނިޒާމްގައި ކުނިކޮށީގައި އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުގައި ބޭނުންކުރާ ޑަސްބިންތައް ސާފްކޮށް ބެލެހެއްޓުން އަދި ކުނި ނައްތާލާ ނިޒާމުގެ ދަށުން ކަނޑައެޅިފައިވާ ބައިތަކަށް ވަކިކޮށް އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނި ބެހެއްޓުން
|
މަޤާމުގެ ޝަރުޠުތައް: |
ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން |
މަސައްކަތު ގަޑި:
|
މަސައްކަތްކުރަންޖެހޭނީ ، ކޮންމެ ދުވަހަކުވެސް 5 ގަޑިއިރުއެވެ. ހެނދުނު – 06:00 ން 09:00 އަށް ހަވީރު – 16:00 ން 18:00 އަށް
|
ވަޒީފާއިން ވަކިކުރުން: |
މިމަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ދެމެދު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުމާއި ޚިލާފުވުމުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އެމީހަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.
|
ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި : |
1 – ވަޒީފާއަށް އެދޭ ފޯމް 2 – ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ސާފުކޮޕީ 3 – ލިބިފައިވާ އެހެނިހެން ސެޓްފިކެޓް 4 – މަސައްކަތު ތަޖުރިބާ ބަޔާންކުރާ ލިޔުމުގެ ކޮޕީ ( މީގެ ކުރީގައި ވަޒީފާއެއް އަދާކޮށްފައިވާނަމަ އެކަން އަންގައިދޭ އެތަނަކުން ދޫކޮށްފައިވާ ލިޔުން )
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮކްޓޯބަރ 2022 ގެ 14:00 ގެ ކުރިން، ލަންދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 09 އޮކްޓޯބަރ 2022 އާއި 10 އޮކްޓޯބަރ 2022 އާ ދެމެދު ލަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެ ތާރީހުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560007/6563758 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |