ދިވެހިރާއްޖެ
އެސް.ޑީ.ޖީ ގްލޯބަލް ލީޑަރޝިޕް ޕްރޮގްރާމް 2023 SDG Global Leadership Program 2023 |
|||
1 މާސްޓާރސް ޑިގްރީ 1 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
||
އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ކޯސްތައް |
ކޯހުގެ ދާއިރާ: |
||
ޖަޕާން |
ޤައުމު: |
University of Tsukuba |
އިންސްޓިޓިއުޓް: |
މާސްޓަރ ޑިގްރީ 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. 3. 1 އެޕްރީލް 2023 ގެ ނިޔަލަށް އުމުރުން 35 އަހަރުވެފައިނުވުން. 4. TOEFL iBT އިން 80 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.5 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން.
ޕީ.އެޗް.ޑީ 1. ހުށަހަޅުއްވާ ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން 2. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. 3. 1 އެޕްރީލް 2023 ގެ ނިޔަލަށް އުމުރުން 40 އަހަރުވެފައިނުވުން. 4. TOEFL iBT އިން 80 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.5 ލިބިފައިވުން. ނުވަތަ ކޯހާއި ގުޅޭގޮތުން އަޕްލޯޑްކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި ބަޔާންކޮށްފައިވާ އިނގިރޭސި ރިކުއަރމަންޓް ހަމަވުން.
އެދިވަޑައިގަންނަވާ ކޯހާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު 2.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 3.އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. 4.މިއިޢުލާނާއިއެކު އަޕްލޯޑުކޮށްފައިވާ އިންފޮމޭޝަން ޝީޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން. |
ކޯހުގެ ޝަރުތު: |
||
ހުށަހަޅަން ޖެހޭ ތަކެތި. 1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3.މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4.މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖުގެ ކޮޕީ. 5. JICA އެޕްލިކޭޝަން ފޯމް 6. SDG އެޕްލިކޭޝަން ފޯމް 7. ޕާސްޕޯޓް ސައިޒްގެ ޕޮޓޯ 8. ކޯހާއި ގުޅޭގޮތުން ޔުނިވަރސިޓީގެ އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން. 9.ތަޢުލީމް ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން. 10.މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ ލިޔުމެއް. 11.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 12.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން. |
ހުށަހަޅަންޖެހޭ ތަކެތި: |
||
- މިސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، ރީސަރޗް ސަޕޯޓް އެކްސްޕެންސަސް, ލިވިންގް އެލަވަންސް، ކިޔެވުމަށް ދިއުމަށާއި އައުމަށް އެއަރ ޓިކެޓް، އައުޓް ފިޓް އެލަވަންސް، މޫވިންގް އެލޮވަންސް މި ކޯސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. - މި ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން ދޭ ޚަރަދުތަކާއި ކެންޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލް މި މިނިސްޓްރީގެ ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓްތަކުން ލިބޭނެއެވެ. - ކޯސްތަކާއި ބެހޭ ގައިޑްލައިނާއި ކޯސް ހިންގާ ޔުނިވަރސިޓީތައް ހިމެނޭ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓްތަކުން ލިބޭނެއެވެ. - ކޯސް އިންތިޒާމް ކުރާ ފަރާތުން އެދިފައިވަނީ 2 ކެންޑިޑޭޓް ނޮމިނޭޓް ކުރުމަށެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހަދާނީ ޔުނިވަރސިޓީގެ ފަރާތުންނެވެ. - މިސްކޮލަރޝިޕަށް އިޢުލާން ކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، ޖާގަ ހަމަކުރުމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ހުރިހާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ. - މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން މިމިނިސްޓްރީއަށް ޕާސްޕޯޓް ސައިޒް ޕޮޓޯއެއް، 2 އެޕްލިކޭޝަން ފޯމާއި އޭގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އަސްލު ފޮނުއްވަން ޖެހޭނެއެވެ. މި 2 އެޕްލިކޭޝަން ފޯމާއި އެއާއިއެކު ހުށަހަޅުއްވަން ޖެހޭނެ ލިޔުންތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓްތަކުން ލިބޭނެއެވެ. *މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބިވަޑައިގަންނަވާނެއެވެ. |
އިތުރު މައުލޫމާތު: |
||
ސުންގަޑި: 10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން |
|||
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
|||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |