މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ

މި އިޢުލާންވަނީ 14 ނޮވެންބަރު 2022 09:22 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި މިނިސްޓްރީގެ ނަންބަރު: (IUL) 471/CDS5/471/2022/253 ( 25 ސެޕްޓެންބަރު 2022) ގެ ޢިއުލާނު އިދާރީ މައްސަލައަކާ ގުޅިގެން ބާޠިލް ކުރެވިފައިވާތީ، އަލުން ޢިއުލާނުކުރީމެވެ.

މަޤާމް:

ޕްރޮކިއުމެންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J- 303217

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ޕްރޮކިއުމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/900 ރުފިޔާ (މަހަކު) 
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮކިއުމަންޓްއަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވެ، ސެކްޝަން/ޑިޕާޓްމަންޓް/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.
  2. މިނިސްޓްރީގެ އެންމެހާ ޑިޕާޓްމަންޓުތަކުގެ ހިންގުމަށާއި އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުމަށް ފިހާރަތަކަށް އީމެއިލް ކުރުމާއި ފިހާރަތަކަށްގޮސް ކޯޓޭޝަން ބޭނުންވާ ވަގުތަށް ހޯދުން.
  3. ތަކެތި ގަތުމަށް ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ޕާރޗޭސް އޯޑަރުތައް ހިފައިގެން ފިހާރަތަކަށް ގޮސް ފިހާރަތަކުން މުދާ ގެނަސް މުދާ ހޯދަން އެދުނު ސެކްޝަނާއި ޙަވާލުކުރުން
  4. ފިހާރަތަކަށް ފޮނުވާ ޕާރޗޭސް އޯޑަރތައް ނަގައި އެންޓްރީ ޝީޓް އަޕްޑޭޓް ކުރުން.
  5. މިނިސްޓްރީގެ ފަރާތުން ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތައް ހަމަޖައްސަވައި އެކަމުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ދިނުން.
  6. މިނިސްޓްރީއިން ރާވައިގެން ހިންގާ ސެމިނާރ، ވޯކްޝޮޕްތަކާއި ގުޅިގެން ޕްރޮކިއުމެންޓުން ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާއިގުޅޭ ފަރާތްތަކާއި ގުޅިގެން ވެރިންގެ ލަފައާއި އެކު ހަމަޖެއްސުން.
  7. މިނިސްޓްރީއަށް ހޯދާ ބައެއް ކަހަލަ ތަކެތި ބަލަން ފިހާރަތަކަށް ގޮސް އެތަކެތީގެ ސާމްޕަލް ގެނެސް ކަމާއިބެހޭ ސެކްޝަނުން ފާސް ކުރުވުމަށްފަހު އެތަކެތި އަނބުރާ ފިހާރަތަކަށް ގެންދިއުން.
  8. -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތަކަށް އެގްރިމަންޓް ތައްޔާރުކުރަން އެޑްމިންއަށް ފުނުވައި ސޮއިކޮށްގެން ލިބުމުން ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ޕޭމަންޓް ޔުނިޓްއާއި ޙަވާލުކުރުން.
  9. ބިޑް ކޮމެޓީއަށް އަންނަ މައްސަލަތައް 3 ދުވަސްތެރޭގައި ކޮމެޓީއަށް ހުށަހަޅައި އެ މައްސަލަތަކުގެ ސްޓޭޓަސް ކަމާއިބެހޭ ޑިޕާޓްމަންޓް / ސެކްޝަންތަކަށް އެންގުން.
  10. މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް މިނިސްޓްރީގެ ޑިޕާޓްމަންޓް / ސެކްޝަންތަކާއި އަދި ޕްރޮކިއުމަންޓުން ކުރެވޭ އިޢުލާންތަކާއި ގުޅިގެން ލިބޭ ބިޑް ޕްރޮޕޯސަލްގެ ކަންކަން
  11. ބިޑް ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ޔައުމިއްޔާ ލިޔުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  12. ބިޑް ކޮމިޓީން ނިންމާ ނިންމުންތައް ކަމާއިގުޅޭ ޑިޕާޓްމަންޓް/ސެކްޝަންތަކަށް އެންގުން.
  13. ބިޑް ކޮމިޓީގެ ނިންމުމާއި ގުޅިގެން ހަދަންޖެހޭ އެއްބަސްވުން އެޑްމިން ސެކްޝަން އަދި ލީގަލް ސެކްޝަނާއި ގުޅިގެން ތައްޔާރު ކޮށް އެއްބަސްވުމުގެ ސޮއިކޮށް ކަމާއިބެހޭ ސެކްޝަންތަކަށް އެއްބަސްވުމުގައި ވާގޮތަށް އެއްބަސްވުން ސޮއިކުރެވުނު ފަރާތާއި ގުޅިގެން މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެންގުން
  14. މިނިސްޓްރީ އާއި މިނިސްޓްރީއާގުޅޭ ދާއިރާތަކުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ނީލަން ފިހާރައާއި ވާހަކަ ދައްކައިގެން ޖާގައެއް ލިބޭ އެންމެ އަވަހަކަށް ނީލަމަށް ފޮނުވުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ވެރިންގެ ލަފައާއިއެކު ކުރުން.
  15. މިނިސްޓްރީއިން ޚިދުމަތް ހޯދާ މަސައްކަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސޮއިތައް ހަމަކުރުމަށްފަހު 3 ދުވަހުގެ ތެރޭގައި ބިލްތަކަށް ފައިސާދައްކަން ފައިނޭންސް ސެކްޝަންއަށް ފުނުވުން
  16. ޕޭމަންޓް ޔުނިޓަށް ލިބޭ ހުރިހާ ފޯމްސެޓްތައް ސްކޭންކޮށް ވަކި އޯޑަރެއްގެ މަތިން ރެކޯޑްކޮށް ބެލަހައްޓައި އަދި މި ފޯމްސެޓް ތަކަށް ބިލްލިބުނުތޯ ޗެކުކުރުން
  17. ފައިނޭންސް ސެކްޝަނަށް ފޮނުވޭ ހުރިހާ ބިލްތަކުގެ ސްކޭން ކޮޕީ އާއިއެކު ހުރިހާ ރެކޯޑެއް ބަލަހެއްޓުން
  18. ބިލްތަކުގެ ސްޓޭޓަސް ބަލަން ގުޅާ މީހުނާއި މިނިސްޓްރީއަށް ވަޑައިގަންނަވާ މީހުންނަށް ޖަވާބުދާރީވެ އަދި އެ ބޭފުޅުންގެ ސްޓޭޓްމެންޓްތައް އަޕްޑޭޓްކޮށް ބިލްތަކުގެ ހާލަތު ލިޔުމުން ފުނުވުން
  19. ދުވަހުން ދުވަހަށް ލިބޭ ފޯމްސެޓްތައް ބަލައި އެ ފޯމްސެޓްތަކަށް ބިލްތައް ލިބިފައިނުވާނަމަ އެފަރާތްތަކާއި ގުޅާގެން އެބިލްތައް ހަފްތާއެއްގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  20. ކޮންމެ މަހަކު ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފުނުވާފައިވާ ބިލްތަކާއި ނުފުނުވޭ ބިލްތައް ފާހަގަކޮށް ނުފުނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާއަށް ފުނުވުން
  21. ޕްރޮކިއުމަންޓް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތައް އެންޓްރީ ކޮރުން
  22. ޕްރޮކިއުމަންޓްއިން އެހެން ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެ ސެކްޝަންތަކާއި ޙަވާލުކުރުން

ނޯޓް: މަޤާމަށް ހޮވޭ ފަރާތާއި ޙަވާލުކުރެވޭނީ މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތާއި ވާޖިބުތަކުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތަކެވެ.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގް ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދުކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ބ) އުވާލައިފައިވާ ދައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60  (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓެއް ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ 23 އޮކްޓޫބަރު 2022 އާއި 03 ނޮވެމްބަރ 2022 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004706 ނަންބަރު ފޯނަށް ނުވަތަ 4004774 ނަންބަރު ފޯނަށެވެ. އީ-މެއިލް [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

06 އޮކްޓޫބަރު 2022
ހޯދާ