މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އެލާޓް

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޢާންމުކޮށްފައިވާ އިޓަލީގެ ފާރމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ވިޔެތް ލެޖާރލޭ (ފައިޒާ) ގެ "ރެޕިޑް އެލާރޓް ނޮޓިފިކޭޝަން އޮފް ކޮލިޓީ ޑިފެކްޓް" ނަންބަރު: IT/11/13/01 ގައިވާ ޕައުޑަރ ފޯރ އިންޖެކްޝަނެއްކަމަށްވާ Torisel Kitފ(Termirolimus) (ބެޗްނަންބަރު: AHZW/1) ގައި ކްރިސްޓަލް ހުރުމުގެ ސަބަބުން މިބެޗް ބޭނުންކުރުން ވަނީ އެކުންފުނިން މަނާކޮށްފައެވެ.  

މި ބޭހަކީ ރާއްޖެއަށް ވިޔަފަރީގެ ގޮތުގައި އެތެރެކުރުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއްނޫނެވެ. ނަމަވެސް، ބައެއް ހާލަތުގައި އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކުރުމުގެ ފުރުޞަތު އޮތް ބޭހެއްކަމަށްވާތީ، ޞިއްޙީ ޚިދުމަތްތެރިންނާއި ޢާންމުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ