ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑް
ސ.ހިތަދޫ، ދިވެހިރާއްޖެ
HPL/ I-FIN/2022/01ނަންބަރު:
އިޢުލާން
މި ކުންފުނިން މިހާރު ދެމުންދާ ޙިދުމަތްތަކަށް ނަގަމުންދާ ޓެރިފްތައް 15 އޮކްޓޯބަރ 2022 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ މާލޭ ކޮމާޝަލް ހާބަރ އިން ނަގަމުންދާ ޓެރިފްތަކާ އެއްގޮތަށް ބަދަލުކުރަން ނިންމާފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެހެން ނަމަވެސް 15 އޮކްޓޯބަރ 2022 ވަނަ ދުވަހުން ފެށިގެން އެއް (1) އަހަރު ދުވަހުގެ މުއްދަތަށް މި ކުންފުނިން ފޯރުކޮށްދޭ ބައެއް ޙިދުމަތްތަކުން ނަގާ ފީތަކަށް ކޮންސެޝަންސް ތަކެއް ލިބޭނެ އެވެ. މިދެންނެވި ކޮންސެޝަންސް ލިބޭ ޙިދުމަތްތަކުގެ ތަފްސީލް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
އަދި އެމް.ޕީ.އެލްގެ މާލޭ ކޮމާޝަލް ހާބަރގެ ޓެރިފްގެ ތަފްސީލް https://port.mv/tariff އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.
ކޮންސެޝަންސްތައް ދިނުމަށް ހަމަޖެހިފައިވާ ޙިދުމަތްތައް:
ދުވާލަކަށް
ހެންޑްލިންގ އެންޑް ވޯފޭޖް |
އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުތައް ބޭނުން ކުރަން ފެށުން. އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުން 21% ގެ ކޮންސެޝަން އެއް 1 އަހަރު ދުވަހަށް ދިނުން |
ސްޓިވްޑޯރިންގ |
އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުތައް ބޭނުން ކުރަން ފެށުން. އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުން 13% ގެ ކޮންސެޝަން އެއް 1 އަހަރު ދުވަހަށް ދިނުން |
ސްޓޯރޭޖް ޗާރޖަސް |
އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުތައް ބޭނުން ކުރަން ފެށުން. އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުން 15% ގެ ކޮންސެޝަން އެއް 1 އަހަރު ދުވަހަށް ދިނުން |
ވެހިކަލް އެންޓްރީ ފީ |
20 ފޫޓް ޓްރެއިލަރ/ ޑަމްޕް ޓްރަކް/ ލޯޑަރ އަދި 40 ފޫޓް ޓްރެއިލަރ ފިޔަވާ އެހެނިހެން އިކުއިޕްމަންޓްތަކަށް އެމް.ޕީ.އެލްގެ ޓެރިފް ބޭނުން ކުރުން 20 ފޫޓް ޓްރެއިލަރ/ ޑަމްޕް ޓްރަކް/ ލޯޑަރ އަދި 40 ފޫޓް ޓްރެއިލަރ އަށް އެމް.ޕީ.އެލް ގެ ޓެރިފް ގައި ކަނޑައެޅިފައިވާ އަގުގެ %50 ކޮންސެޝަން އެއް 01 އަހަރު ދުވަހުގެ މުއްދަތައްދެވޭނެއެވެ. |
އެހެނިހެން ޓެރިފްތައް |
އެމް.ޕީ.އެލްގެ ޓެރިފްގައިވާ އަގުތަކަށް ބަދަލު ކުރުން. |
06 އޮކްޓޯބަރ 2022