މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލެބް ކެމިކަލް އަދި އެޕަރޭޓަސް ހޯދުމަށް

ލެބް ކެމިކަލް އަދި އެޕަރޭޓަސް ބޭނުންވެއްޖެ

ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ސްކޫލަށް ބޭނުންވާ ލެބް ކެމިކަލް، އެޕަރޭޓަސް އަދި ސްޓޯރޭޖް ކަބަޑު ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ މީޓިންގރޫމް 01 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) މީޓިންގރޫމް 01 އަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

04 ނޮވެންބަރު 2014 (އަންގާރަ) ދުވަހުގެ 14:00 އަށް

13 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުމުން އެދެމެވެ.

05 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ