ދިވެހިރާއްޖެ
މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މާލެއާއި ވިލިނގިލީގެ ފަޅުތެރޭގައި ހުރި ކުނިތައް ނަގައި ސާފުކޮށް ބެލެހެއްޓުމަށް އުޅަނދެއް ގަންނަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު: 107/IUL)425-CB/1/2014)ފ(29 މޭ 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
06 ނޮވެންބަރު 2014 |
ބުރާސްފަތި |
14:00 |
އަގު ހުށަހެޅުއްވުން |
16 ނޮވެންބަރު 2014 |
އާދީއްތަ |
11:30 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
03 މުޙައްރަމް 1436