ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު: 1

މަޤާމުގެ ރޭންކް: އެސް. އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފު ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/3100 ރުފިޔާ

ސަރވިސް އެލަވަންސް: -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީ މަސައްކަތްކޮށްފިނަމަ، އިތުރުގަޑީ ފައިސާއާއި، ބަންދު ދުވަހުގައި މަސައްކަތްކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ އެހެނިހެން ޢިނާޔަތްތައް، ސިވިލްސަވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1- އިދާރާ ހުޅުވައި ލެއްޕުމުގައި ބައިވެރިވެ، ހުޅުވާ ގަޑީގައި ދޮރުތައް ހުޅުވައި، ދުވަހުގެ މަސައްކަތަށް އިދާރާގެ އެތެރެ އިންތިޒާމްކުރުމާއި، އިދާރާ ލައްޕާ ގަޑީގައި ދޮރުތައް ބަންދުކޮށް ބޮކިތަކާއި ފަންކާތަކާއި އެއަރކޯންފަދަ ތަކެތި ނިއްވުން.

2- އިދާރާގެ ގޯތިތެރެއާއި ގޯތީގެ ވަށައި މަގު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

3- އިދާރާގެ އެތެރެ ކުނިކަހައި މޮޕްއަޅައި ސާފުކުރުމާއި، ގޮނޑިތަކާއި މޭޒުތަކާއި އަލަމާރިފަދަ މިނޫންވެސް ފޮޅާ ސާފުކުރަންޖެހޭ ހުރިހާ ތަނެއް ފޮޅައިސާފުކުރުމާއި، އޮފީހުގެ ވަޅުދިޔަހިއްކުމާއި، ފާޚާނާތައް ދޮވެ ސާފުކުރުމާއި، ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން.

4- ފަރުނީޗަރާއި، ފިކްސްޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މިތަކެއްޗަށް ލިބޭ ގެއްލުންތައް އެންގުމާއި، މަރާމާތުތައް އެންގުން.

5- އިދާރާގެ ގޯތީގައިހުރި ކޮށަންޖެހޭ ގަސްތައް ކޮށައި ބެލެހެއްޓުމާއި، އިދާރާގެ ގޯތީގައި ބަގީޗާގަސް އިންދައި، އެ ގަސްތަކަށް ފެންޖަހައި، އެ ގަސްތައް ހައްދައި ބެލެހެއްޓުން.

6- އެކިފަރާތްތަކާއި ހަވާލުކުރަންޖެހޭ ލިޔެކިޔުމާއި ސިޓީފަދަ އެނޫންވެސް ތަކެތި ހަވާލުކުރުން.

7- ކޮމިޓީތަކާއި ރައްޔިތުންނާއި މިނޫންވެސް އެކިފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އިޢުލާނުތައް ހިއްޕުމާއި، ކިޔަންޖެހޭ ކިޔުންތަކަށް ކިޔުމާއި، ޖަލްސާތަކަށް ކުރަންޖެހޭ ތައްޔާރީތައް ކުރުން.

8- އިދާރާއަށް މާލެއިންނާއި ރަށްރަށުން ގެނެވޭ ތަކެއްޗާއި، އިދާރާއަށް ރަށުތެރެއިން ގެންނަންޖެހޭ ތަކެތި ގެނައުމުގެ މަސައްކަތް ކުރުން.

9- ވަޑައގަންނަވާ ވަފުދުތަކަށް އެހީތެރިކަން ދިނުމާއި، މެހުމާންދާރީ އަދާކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

10-  އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް

1- ލިބިފައިވާ ތަޢްލީމާއި ތަމްރީނު

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް.

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 2014 ނޮވެންބަރު  17 އާއި 25 އާ ދެމެދުގައި ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ.

- އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ.

- އިންޓަވިއުކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠުފުރިހަމަވާ މީހުން ޝޯޓް ލިސްޓްކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ލިއުންތަކުގެ އަސްލާއި، އައި ޑީ ކާޑުގެ އަޞްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މިއިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބް ސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިޢްތިރާޒެއް ނެތްކަމުގެ ލިއުން.

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، އޭގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީ. މެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ނޮވެންބަރު 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6780031 ފޯނާ ގުޅުމުން، އެ މަޢްލޫމާތެއް ސާފުކޮށްދެވޭނެއެވެ.

                        4 މުޙައްރަމް 1436   

                       

28 އޮކްޓޫބަރު 2014
ހޯދާ