މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލެވޭ ފުރުޞަތުތައް

އިޢުލާން

ނަންބަރު:  IUL)475-Schol/475/2022/167)

ތާރީޚް: 5 އޮކްޓޫބަރ 2022

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމަށް ހުޅުވާލެވޭ ފުރުޞަތުތައް

މެލޭޝިޔާ

ޤައުމު:

8 ފުރުސަތު، ތިރީގައިވާ ކޯސްތަކުގެ ތެރެއިން ކޯހެއް ކިޔެވުމަށް:

-މާސްޓަރސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ/ޑިވެލޮފްމެންޓް ޑިސްއެބިލިޓީ

-މާސްޓަރސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް

ކޯހުގެ ދާއިރާ އަދި ޢަދަދު

މިފުރުސަތުތައް ކަނޑައެޅިފައިވާ ހޮސްޕިޓަލްތަކާއި ޢަދަދުތައް ތިރީގައިވަނީއެވެ.  

އެޕްލިކޭޝަން ހުށަހަޅަންކަނޑައެޅިފައިވާ ހޮސްޕިޓަލްތައް

ކަނޑައެޅިފައިވާ އަދަދުތައް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

1

ގަން ރީޖަނަލް ހޮސްޕިޓަލް

1

ޑރ. ޢަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލް 

1

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

1

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

1

ހުޅުމާލެ ހޮސްޕިޓަލް

1

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް 

2

ޖުމްލަ

8

 

ކަނޑައެޅިފައިވާ ހޮސްޕިޓަލްތައް

މާސްޓަރސް ޑިގްރީ

1.ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން

3. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިފައިވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.  ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ

3.  ވަޒީފާގައި އުޅޭ ކަމުގެ ލިޔުން (މުއްދަތު އެގޭގޮތައް)

4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް ފެންނަގޮތަށް)

5. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ

6. ތަޢުލީމް ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން

7. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް.

8. ކޯސް ނިންމެވުމަށްފަހު ވަޒީފާ އަދާކުރައްވަން އިސްކަންދެއްވާ ތަނުގެ  ތަރުތީބު އެނގޭނެ ގޮތަށް އެނެކްސް-2 ފުރުއްވުމަށް ފަހު، އެ އެނެކްސްގެ ކޮޕީ. މިގޮތުން އެ އެނެކްސްގައި އޮތް، މަދުވެގެން 1 ތަން އިޚުތިޔާރުކުރައްވާފައި އޮންނަންވާނެއެވެ. 

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

10. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން

ހުށަހަޅަންޖެހޭ ތަކެތި

 

-  މިސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް (ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، އެސްޓަބްލިޝްމަންޓް އެލަވަންސް، ބުކް އެލަވަންސް، ކޯސް ފީ އަދި އިންޝުއަރެންސް) ހަމަޖައްސާނީ، ތެރަޕިއުޓިކް ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް މި މިނިސްޓްރީއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަދި ބައެއް އަމިއްލަ ފަރާތްތަކާ ގުޅިގެން މިކަމަށް ހާއްސަކުރެވިފައިވާ ސްކީމުގެ ދަށުންނެވެ.

-  މި ސްކޮލަރޝިފަށް ކެންޑިޑޭޓުން ހޮވުމުގައި ތަޢުލީމީ ޝަރުތު ހަމަވާ ކޯސް ކަނޑައެޅިފައިވާ، ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރާ ފަރާތްތަކުގެ ތެރެއިން ޚިދުމަތުގެ ދެމިތިބި މުއްދަތައް އިސްކަންދީގެން ނޮމިނޭޓް ކުރެވޭނެއެވެ. މިފަދަ ދަރިވަރެއް ނެތްނަމަ، ހޮވާނީ އެ ހޮސްޕިޓަލަކަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ދަރިވަރުންގެ ތެރެއިން އެކަޑެމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ދަރިވަރެކެވެ.

- ކަނޑައަޅާފައިވާ ހޮސްޕިޓަލަކަށް ޝަރުތު ހަމަވާ އެއްވެސް ދަރިވަރެއް އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެކި ދާއިރާތަކަށް  ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ދަރިވަރުން.

- މެރިޓް އުޞޫލުން ބަލާ އެންމެ މަތިން މާކުސް ލިބޭ ދަރިވަރެއް އެސަރަޙައްދަކަށް ހޮވޭނެއެވެ. އެހެންކަމުން އެޕްލިކޭޝަން ހުށަހަޅާ ހުރިހާ ދަރިވަރުންވެސް އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިސްކަންދޭ ތަރުތީބު އެގޭނެ ގޮތުގެ ލިޔުން ހުށަހަޅަން ވާނެއެވެ.

- މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލް ކުރުމަށް ފުރުސަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ކަނޑައެޅިފައިވާ

 ހޮސްޕިޓަލުތަކުގެ ތެރެއިން އިޚްތިޔާރުކުރާ ހޮސްޕިޓަލެއްގައި 5  (ފަހެއް) އަހަރު ދުވަހު ޚިދުމަތް ކުރުމަށް ބޮންޑްކުރެވޭނެއެވެ.

- މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ހޮވޭ ކެންޑިޑޭޓުން ހޮވޭކަން އަންގާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެއެވެ. އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލިކަމަށް ބެލެވޭނެއެވެ.

 * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބޭނެއެވެ.  

އިތުރު     މަޢުލޫމާތު:

ސުންގަޑި: 29 އޮކްޓޫބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 / 3026966 ނަންބަރު ފޯނުން ލިބެންހުންނާނެއެވެ.  އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.ާ

05 އޮކްޓޫބަރު 2022
ހޯދާ