މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދޯނި ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ދޯނި ޑްރައިވަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފެރީ ސާރވިސް / ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް ޑިޕާރޓްމެންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

 8,512.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި  މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. އަދި ހުރުމާއި، ކެއުމުގެ އިންތިޒާމުވެސް ހަމަޖައްސައި ދެވޭނެއެވެ.

ޝަރުޠު:

  • ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީ އޭ.ބީ.ސީ.ޑީ ލިބިފައި ފައިވުން އަދި ކޯސްޓަލް ނެވިގޭޝަން ކްލާސް 5 އެއްގެ ސެޓްފިކެޓް ލިބިފައިވުން.
  •  05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާހުރި މީހަކު ކަމުގައިވުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  • ދިވެހި، އިނގިރޭސި ބަހުން ލިޔަންކިޔަން އެގުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޮންމެ ދުވަހަކުވެސް ދަތުރުތަކުގެ ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެމަތިން ދަތުރު ކުރުން
  • ރަސްމީގަޑީގައި ފެރީން ދަތުރުކުރާ މުވައްޒަފުން ދަތުރުކުރަނީ ހުއްދަލިބިގެންތޯ ބަލައި ޗެކްކުރުން ނުވަތަ ބޯޑިންގޕާސް އޮވެގެންތޯ ބެލުން
    • ކުރާހުރިހާ ދަތުރެއް ނޯޓްކުރުން
    • ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ކުރަންޖެހޭ ދަތުރު ކުރުން
    •   ދަތުރުތައް ފެށުމުގެ ކުރިން ދޯނީގައި ވާވަރަށް ތެޔޮހުރިތޯ ޗެކްކުރުން. ދޯނީގެ ތެޔޮ ހުސްވެފައިވާނަމަ އޮންނަ އުސޫލެއްގެ މަތިން ސްޕަރވައިޒަރާ ވާހަކަދައްކައި ޒިންމާ ނެގުން.
    • ދޯނީގެ ކޮންމެ ދަތުރެއް ނިމުމުން ދޯނި ކުރޫން ލައްވާ ދޯނި ރަނގަޅަށް ސާފުކޮށް އަނެއް ދަތުރަށް ތައްޔާރުވުން
    • އެއްވެސް ކަހަލަ ގެއްލުމެއް ދޯންޏަށް ނުވަތަ ދޯނީގެ އިންޖީނަށް ލިބިއްޖެނަމަ ލަސްނުކޮށް އަންގަންވީފަރާތަށް އަންގާ އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.
    • ދޯނީގައި ބޭނުންކުރުމަށް ދޫކުރެވިފައިވާ ހުރިހާ ތަކެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 13 އޮކްޓޯބަރ 2022 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7982424/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

05 އޮކްޓޫބަރު 2022
ހޯދާ