ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2023-2027) އެކުލަވާލުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2023-2027) އެކުލަވާލުމަށްޓަކައި އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒުކުރުމަކީ މި އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ. މިގޮތުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2017-2021)ގެ ތަންފީޒީ މުއްދަތު ހަމަވެފައިވާތީ،  ތިންވަނަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު (2023–2027) އެކުލަވާލުމުގެ މަސައްކަތް ލޯކަލް ކޮންސަލްޓަންޓް އެއްގެ އެހީތެރިކަމާއެކު މި އޮތޯރިޓީން ވަނީ ފަށާފައެވެ.

މިގޮތުން، މި މަސައްކަތަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި ގުޅުންހުރި އެކި މުވައްސަސާތަކާއި އަދި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކީ ކޮންސަލްޓޭޝަން ބައްދަލުވުންތަކެއް މިހާރު ދަނީ ކުރިއަށްދަމުންނެވެ. ހަމައެއާއެކު، މިފަދަ މަސައްކަތެއްގެ އެންމެ ފުރިހަމަ އަށް ކުރެވިގެންދާނީ ގެވެށި އަނިޔާތައް ތަޖުރިބާކޮށްފައިވާ ފަރާތްތަކާއި، އާންމުންގެ ހިޔާލުވެސް ހޯދައިގެން ކަމުގައި މި އޮތޯރިޓީން ދެކެމެވެ. ވުމާއެކު އާންމުން ޚިޔާލާއި މަޝްވަރާއި ހިއްސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން 13 އޮކްޓޯބަރު 2022 (ބުރާސްފަތި) ދުވަހުގެ ރޭ 9:00 ގައި ހާއްސަ ވެބިނަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވެބިނަރގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ 18 އަހަރުން މަތީ ފަރާތްތަކުން 12 އޮކްޓޫބަރު 2022 (ބުދަ) ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ ލިންކް ބޭނުންކުރައްވައިން ރެޖިސްޓަރ ވުމަށް އެދެމެވެ.

ރެޖިސްޓްރޭޝަން ލިންކް:

https://forms.office.com/Pages/ResponsePage.aspx?id=fsLn8RKY00iwHU7XsSrsXNBLTFO4d1hJjFR2p-HyHsRUMVdGTThHUVY4MExaWElQMjlNMDRaMDhTNS4u

05 އޮކްޓޫބަރު 2022
ހޯދާ